ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކާއި ހިންގާފައިވާ ތަޙުޤީޤުތައް – 2013

03 Dec 2013

2013 ވަނަ އަހަރުގެ ތެރޭގައި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް 1540 ޝަކުވާއިން 1085 މައްސަލަ ހުށަހެޅުނެވެ. މީގެ އިތުރުން 2013 ވަނަ އަހަރު ކޮމިޝަނުން އިސްނަގައިގެން 231 މައްސަލައެއް ބަލަން ފަށާފައިވެއެވެ. ކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކާއި އަދި ކޮމިޝަނުން އިސްނެގި މައްސަލަތަކުގެ ތެރެއިން 1079 މައްސަލަ ކޮމިޝަނުން ބަލަން ކަނޑައަޅައި، 225 މައްސަލަ އެކަށީގެންވާވަރަށް މަޢުލޫމާތު ހުށަހަޅާފައި ނުވުމުންނާއި ކޮމިޝަނުގެ މެންޑޭޓުގެ ބޭރުން ހުށަހަޅާފައި ހުރުމުގެ ސަބަބުން ނުބަލާ ދޫކޮށްލެވިފައިވެއެވެ. 2013 ވަނަ އަހަރު ކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 5 މައްސަލަ، ދައުލަތުގެ ކަމާގުޅޭ އެހެން އޮފީސްތަކުން ބެއްލެވުމަށްޓަކައި އެއޮފީސްތަކަށް ފޮނުވުނެވެ.

1

2013 ވަނަ އަހަރު ކޮމިޝަނަށް ހުށަހަޅާފައިވާ 1085 މައްސަލައާއި، ކޮމިޝަނުން އިސްނަގައިގެން ބަލަން ފަށާފައިވާ 231 މައްސަލައައެކު ޖުމްލަ 1316 މައްސަލަ ރައްދުވާ އިދާރާތައް އަންގައިދޭ ގްރާފް ތިރީގައި އެވަނީއެވެ.

2

2013 ވަނަ އަހަރު ކޮމިޝަނަށް ހުށަހަޅާފައިވާ 1085 މައްސަލައާއި، ކޮމިޝަނުން އިސްނަގައިގެން ބަލަން ފަށާފައިވާ 231 މައްސަލައައެކު ޖުމްލަ 1316 މައްސަލައިގެ ތެރޭގައި ހިމެނޭ މައްސަލަތައް އަތޮޅުތަކާއި މާލޭގައިހުރި ދައުލަތުގެ އިދާރާތަކަށް ނިސްބަތްވާގޮތް އަންގައިދޭ ގްރާފެއް ތިރީގައި އެވަނީއެވެ.

ކޮމިޝަނަށް ހުށަހެޅުނު މައްސަލަތައް ސަރަޙައްދުތަކަށް ނިސްބަތްވާގޮތް

3

ނޯޓް: ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި، ވަކި އަތޮޅަކަށް ނުވަތަ ވަކި ސަރަޙައްދަކަށް ރައްދުވާކަން އެނގެން ނެތް 2 މައްސަލައެއް ހިމެނެއެވެ.

ތަފާސްހިސާބު ދައްކާގޮތުން 2013 ވަނަ އަހަރު އެންމެގިނަ ޝަކުވާ ހުށަހެޅިފައިވަނީ މާލޭގައިހުރި ދައުލަތުގެ އެކިއެކި އިދާރާތަކާ ގުޅޭގޮތުންނެވެ. އަދި އަތޮޅުތަކަށް ބަލާއިރު، އެންމެގިނަ ޝަކުވާ ހުށަހެޅިފައިވަނީ ލ.އަތޮޅުގައި ހުރި ދައުލަތުގެ އެކިއެކި އިދާރާތަކާ ގުޅޭގޮތުންނެވެ.

2012 ވަނަ އަހަރުގެ ނިޔަލަށް ނުނިމިހުރި މައްސަލަތަކާއެކު 2013 ވަނަ އަހަރުގެ ނިޔަލަށް 620 މައްސަލައެއް ކޮމިޝަނުން ބަލައި ނިންމިފައިވެއެވެ. 2013 ވަނަ އަހަރު ނިމުނުއިރު ވޭތުވެދިޔަ އަހަރުތަކުގައި ހުށަހެޅި، ނުނިމި ހުރި މައްސަލަތަކާއެކު 2280 މައްސަލަ ނުނިމި އެބައޮތެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން 2013 ވަނަ އަހަރު ނިންމި މައްސަލަތައް ނިންމިގޮތް

4

ކޮރަޕްޝަންގެ ކުށް އެކުލެވިގެންވާކަމަށް ސާބިތުކުރެވޭވަރަށް ހެއްކާއި ޤަރީނާ ލިބިފައިވާތީ، ޝަރީޢަތަށް ފޮނުވުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް 2012 ވަނަ އަހަރުގައި ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން 2012 ވަނަ އަހަރު ނިމުނުއިރު ފޮނުވިފައިނުވާ ބައެއް މައްސަލަތަކާއެކު، 2013 ވަނަ އަހަރު ޝަރީޢަތަށް ފޮނުވުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް 57 މައްސަލައެއް ފޮނުވާފައިވެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް މިބަޔާންކުރެވުނު މައްސަލަތަކުގެ ތެރޭގައި ޖުމްލަ 964,973,805.88 (ނުވަސަތޭކަ ފަސްދޮޅަސްހަތަރުމިލިއަން ނުވަސަތޭކަ ހަތްދިހަތިންހާސް އަށްސަތޭކަ ފަސްރުފިޔާ އަށްޑިހަ އަށްލާރި) ހިމެނޭއިރު، އޭގެ ތެރެއިން 108,235,435.95 (އެއްސަތޭކަ އަށް މިލިއަން ދުއިސައްތަ ތިރީސް ފަސްހާސް ހަތަރުސަތޭކަ ތިރީސް ފަހެއް ރުފިޔާ ނުވަދިހަ ފަސްލާރި) ދައުލަތަށް އަނބުރާ ހޯދުމުގެ ދަޢުވާވެސް ޝަރީޢަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި
އެދިފައިވާނެއެވެ.

5

2013 ވަނަ އަހަރުގައި ކޮމިޝަނުން ނިންމި މައްސަލަތަކުގެ ތެރެއިން ކޮރަޕްޝަންގެ ކުށް އެކުލެވިގެންވާކަމަށް ސާބިތުކުރެވޭވަރަށް ހެއްކާއި ޤަރީނާ ލިބިފައިވާތީ، ޝަރީޢަތަށް ފޮނުވުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި 57 މައްސަލައިގެ ތެރޭގައި 115 މީހެއްގެ މައްޗަށް ޖުމްލަ 178 ދަޢުވާ ޝަރީޢަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައިވާނެއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތީން 2013 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުނު މައްސަލަތަކުގައި ދަޢުވާކުރުމަށް ހުށަހެޅިފައިވާ ކުށުގެ ބާވަތްތައް އަންގައިދޭ ގްރާފް ތިރީގައި އެވަނީއެވެ.

6

މީގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައިވާ ގޮތުގެމަތީން މުއައްސަސާތަކުގެ ހިންގުމުގެ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް، އެކަންތައްތައް އިޞްލާޙުކުރުމަށް އެކިއިދާރާތަކަށް 2013 ވަނަ އަހަރުގައި 199 އެންގުން އެންގުމަށް ނިންމައި، 2012 ވަނަ އަހަރުގައި ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން އެއަހަރު ނިމުނުއިރު އެންގިފައިނުވާ އެންގުންތަކާއެކު، 2013 ވަނަ އަހަރުގައި އެކިއިދާރާތަކަށް 265 އެންގުމެއް އަންގާފައިވެއެވެ.

2013 ވަނަ އަހަރު މާލެއާއި އަތޮޅުތަކުގައި ތަޙުޤީޤު ކުރިއަށް ގެންދެވުނުގޮތް

އަތޮޅުތަކުން މިކޮމިޝަނަށް ހުށަހެޅިފައި ހުރި މައްސަލަތަކުގެތެރެއިން އެ އަތޮޅުތަކަށް ގޮސްގެން ބަލަންޖެހިފައި ހުރި މައްސަލަތައް ބަލައި ތަޙުޤީޤު ކުރުމަށްޓަކައި 2013 ވަނަ އަހަރު 13 ތަޙުޤީޤު ޓީމެއް އެކިއަތޮޅުތަކަށް ފޮނުވައިގެން މަސައްކަތްކުރެވުނެވެ. އެގޮތުން ޖެނުއަރީ މަހުންފެށިގެން ޑިސެމްބަރ މަހުގެ ނިޔަލަށް، 11 އަތޮޅަކަށް ޓީމުތައް ފޮނުވުނެވެ. މި ޓީމުތަކުން 125 އިދާރާއަށް ގޮސް އެ އިދާރާތަކުން ހޯދަންޖެހޭ މަޢުލޫމާތާއި ލިޔެކިޔުން ހޯދައި 217 މައްސަލައެއް ތަޙުޤީޤުކޮށް 919 ތަޙުޤީޤު ބަޔާން ނަގާފައިވެއެވެ.

ތިރީގައިވާ ތާވަލުގައި ހިމެނިފައިއެވަނީ އަތޮޅުތަކުގައި ހިންގުނު ތަޙުޤީޤު ދަތުރުތަކުގެ ތަފްޞީލެވެ.

7

2013 ވަނަ އަހަރު މާލޭގައި ކުރެވުނު ތަޙުޤީޤުތަކާ ގުޅިގެން 91 އިދާރާއަކަށް ގޮސް، މައްސަލަތަކާ ގުޅިގެން ހޯދަންޖެހޭ މަޢުލޫމާތާއި ލިޔެކިޔުންތައް ހޯދުނެވެ. އަދި އެކި މައްސަލަތަކާ ގުޅިގެން 1011 ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށް ތަޙުޤީޤު ބަޔާން ނެގިފައިވެއެވެ.

8


ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×