ނެޝަނަލް ޑްރަގް އެޖެންސީގެ މުވައްޒަފުން ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކޮށްފި

20 Jul 2016

ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ނެޝަނަލް ޑްރަގް އޭޖެންސީގެ މުވައްޒަފުން 19 ޖުލައި 2016 ގައި ސޮއިކުރައްވައިފިއެވެ. ނެޝަނަލް ޑްރަގް އޭޖެންސީގައި ބޭއްވުނު ރަސްމިއްޔާތުގައި އެ އެޖޭންސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް ޙަސަން ޝަހީލްއާއި އެ އެޖޭންސީގެ އިސްވެރިންގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރު އަލްފާޟިލާ އާމިނަތު މިންނާއާއި، ކޮމިޝަނުގެ މެމްބަރު އަލްފާޟިލް ޔަޒްމީދު މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ނެޝަނަލް ޑްރަގް އޭޖެންސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް ޙަސަން ޝަހީލް ވާހަކަފުޅުދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ޑްރަގް އޭޖެންސީއިން އަބަދުވެސް މަސައްކަތްކުރަނީ ނަޒާހަތްތެރިކަމާއެކު ކަމަށާއި، ދައުލަތުގެ ކޮންމެ މުވައްޒަފަކުވެސް ނަޒާހަތްތެރިކަމާއެކު މަސައްކަތްކުރުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި ވިދާޅުވިއެވެ. ކޮމިޝަނުގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނުގެ މެމްބަރު އަލްފާޟިލާ އާމިނަތު މިންނާ ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ނެޝަނަލް ޑްރަގް އޭޖެންސީގެ މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތަށް ތަޢުރީފު ކުރައްވާފައެވެ. އަދި މި މަސައްކަތް ނަޒާހަތްތެރިކަމާއެކު ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×