މިއަހަރުގެ ފުރަތަމަ ކްއާޓަރގައި ކޮރަޕްޝަންގެ މައްސަލަތަކާގުޅޭ 10 ދަޢުވާއެއް ކުރުމަށް ޕީޖީއަށް ފޮނުވައިފި

21 Jul 2016

މި އަހަރުގެ ފުރަތަމަ ކްއާޓަރގެ އޭސީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނިންމި މައްސަލަތަކާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް 6 މައްސަލައެއްގައި ޖުމްލަ 10 ދަޢުވާއެއް ކުރުމަށް އެދި ފޮނުވިފައިވެއެވެ. މި މުއްދަތުގައި އެންމެ ގިނައިން ދަޢުވާ ކުރުމަށް އެދި ފޮނުވިފައިވަނީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަތަކާގުޅޭ ދަޢުވާއެވެ. މިގޮތުން 5 ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދަޢުވާ ކުރުމަށް ފޮނުވިފައިވާއިރު، މި މައްސަލަތަކުގައި ޝާމިލްވަނީ މުޅިންވެސް ފިރިހެނުން މުވައްޒަފުންކަން ފާހަގަ ކުރެވެއެވެ.
މީގެ އިތުރުން މި އަހަރުގެ ފުރަތަމަ ކްއާޓަރގައި ދައުލަތަށް ފައިދާއެއް ލިބެންއޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ 3 ދަޢުވާއެއް 3 ފަރާތެއްގެ މައްޗަށް ކުރުމަށް އެދި ފޮނުވިފައިވެއެވެ. އަދި ނާޖައިޒު ފައިދާ ހޯދުމުގެ 2 ދަޢުވާއެއް 2 ފަރާތެއްގެ މައްޗަށް ކުރުމަށް އެދި ފޮނުވިފައިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×