ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު އިތުރުކޮށްފި

31 Jul 2016

އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރ ގެ މަޤާމަށް 3 (ތިނެއް) މީހުން ހޯދުމަށް މިކޮމިޝަނުން ކޮށްފައިވާ ނަންބަރު:‎123-A/IUL/2016/26 ‎‏ (14 ޖުލައި 2016) އިޢުލާނުގައި، ވަޒީފާގެ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 31 ޖުލައި 2016 ގެ 15:00 އަށް ކަމުގައި ބަޔާންކޮށްފައިވީނަމަވެސް، ދިވެހިރާއްޖޭގެ 51 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން 2016 ޖުލައި 31 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ، މިދެންނެވި އިޢުލާނާއި ގުޅިގެން ވަޒީފާގެ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 2016 އޯގަސްޓް 01 ވާ ހޯމަ ދުވަހުގެ 15:00 އަށް ކަމުގައި ވަނީ ހަމަޖައްސާފައެވެ



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×