ގްލޯބަލް ކޮންފަރެންސް އޮން އެންޓި-ކޮރަޕްޝަން ރިފޯމް އިން ސްމޯލް އައިލެންޑް ސްޓޭޓްސްގައި އޭސީސީން ބައިވެރިވެއްޖެ

02 Aug 2016

ޔޫ.އެން.އޯ.ޑީ.ސީ ގެ ފަރާތުން ބާއްވާ ގްލޯބަލް ކޮންފަރެންސް އިން އެންޓި-ކޮރަޕްޝަން ރިފޯމް އިން ސްމޯލް އައިލެންޑް ސްޓޭޓްސްގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރި ވެއްޖެއެވެ. 02 އޮގަސްޓް 2016 އިން 04 އޮގަސްޓް 2016 އަށް މޮރީޝަސްގައި ކުރިއަށްދާ މި ކޮންފަރެންސްގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރިވެލެއްވީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއެވެ.
މި ކޮންފަރެންސަކީ ސްމޯލް އައިލެންޑް ސްޓޭޓްގައި ހިމެނޭ އެކި ގައުމުތަކުގެ ޕްރޮކިއުމަންޓް ނިޒާމުތައް ހަރުދަނާކުރުމަށާއި، ޕްރޮކިއުމަންޓާ ގުޅުންހުރި ކޮރަޕްޝަންނަށް މަގުފައިވާ ކަންތައްތައް މަދުކުރުމަށް މެމްބަރު ގައުމުތަކުގައި މަޝްވަރާކުރުމަށް ބޭއްވޭ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ކޮރަޕްޝަން ނައްތާލުމުގައި ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކާއި އެފަދަ ކަންތައްތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާމެދު މަޝްވަރާކުރެވޭނެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×