ޔޫތު ޗެލެންޖު 2016، ދަ އޮޕޮޗުނިޓީ ޕޫލް ގައި އޭސީސީން ބައިވެރިވެއްޖެ

06 Aug 2016

 

“ޔޫތު ޗެލެންޖު 2016، ދަ އޮޕޮޗުނިޓީ ޕޫލް” ގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބައިވެރިވެއްޖެއެވެ. މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން އިންތިޒާމްކޮށްގެން މިއަދުން (04 އޯގަސްޓް 2016) ފެށިގެން 3 ދުވަހަށް ކުރިއަށްގެންދާ މި އެކްސްޕޯގައި އޭސީސީގެ ފަރާތުން ތަފާތު ގިނަ މަޢުލޫމާތުތަކެއް ފޯރުކޮށްދެވޭނެއެވެ.

މި އެކްސްޕޯގައި ޤާއިމްކުރެވިފައިވާ އޭސީސީގެ ސްޓޯލުން، އޭސީސީގެ ވަޒީފާތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތުތަކާއި، އެގޮތުން ހުރި ފުރުޞަތުތަކާއި، އޭސީސީގެ މަސައްކަތްތަކާއި ގުޅޭގޮތުން ޤާނޫނީ ލަފާ ދިނުމާއި މަޢުލޫމާތު ސާފުކޮށްދިނުމާއި، ކޮރަޕްޝަނާއި ދެކޮޅަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، ނަޒާހަތްތެރިކަމުގެ  ޤައުމީ ވަޢުދުގައި ސޮއިކުރުން ކުރިއަށްގެންދެވޭނެއެވެ.

މި އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އޮނަރަބްލް އަލްފާޟިލާ އިރުތިޝާމް އާދަމް އާއި، ބައެއް ޢިއްޒަތްތެރިން އޭސީސީގެ ސްޓޯލަށް ވަޑައިގެންނެވިއިރު، ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި މިނިސްޓަރ އިރުތިޝާމް އާދަމް ވަނީ ސޮއިކުރައްވާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×