ނަޒާހަތްތެރިކަމުގެ ޤައުމީ ސިއްކަ ދިނުމުގެ އުޞޫލުގެ ދެލިކޮޕީ އާންމުންގެ ޚިޔާލަށް ހުޅުވާލައިފި

07 Aug 2016

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން، ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކާއި ޖަމްޢިއްޔާ ޖަމާޢާތްތަކާ ގުޅިގެން ތައްޔާރުކޮށް ތަންފީޒުކުރުމަށް ތައްޔާރުވަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކުގެ ތެރެއިން އެއް ޙަރަކާތް ކަމަށްވާ “ނަޒާހަތްތެރިކަމުގެ ޤައުމީ ސިއްކަ” ދިނުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލުގެ ޑްރާފްޓަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު އާންމުންނަށް މިއަދު ހުޅުވާލައިފިއެވެ.

މި ސިއްކައަކީ، ދައުލަތުގެ އިދާރާތަކަކީ ރައްޔިތުންގެ ފުރިހަމަ  އިތުބާރު ލިބިފައިވާ ޒިންމާދާރުކަމާއެކު ޚިދުމަތްދޭ، ނަޒާހަތްތެރި އިދާރާތަކަކަށް ހެދުމަށް ބާރުއެޅުމަށްޓަކައި، އެތަންތަނުގެ ހިންގުމުގެ ނިޒާމު ވަކިހަމަތަކެއްގެމަތީގައި ޤާއިމްކުރުވައި، އެތަންތަނުގެ އިދާރީ ހިންގުން ވަކި މިންވަރެއްގައި ޤާއިމްކުރުމަށް އަސާސީ މިންގަޑުތަކެއް ތަޢާރަފްކޮށްދީ އެކަންކަން ބެލެހެއްޓޭނެ ފަދަ ގޮތަކަށް ހެދުމުގެ މަޤްޞަދުގައި ތައްޔާރުކޮށްފައިވާ އުޞޫލަކާއެއްގޮތަށް ދެވޭ ސިއްކައެކެވެ.

އަދި ކޮމެންޓުކުރުމަށް ބޭނުންވާ ފަރާތްތަކުން ކޮމެންޓު ހުށަހަޅާ ފޯމުފުރުއްވުމަށް ފަހު އޭސީސީއަށް އީ-މެއިލް، ފެކްސް މެދުވެރިކޮށް ނުވަތަ އެސީސީއަށް ޙާޟިރުވެގެންވެސް ޚިޔާލު ހުށަހެޅުއްވިދާނެއެވެ. މިގޮތުން ހުށަހަޅަން ބޭނުންވާ ޚިޔާލުތައް 17 އޯގަސްޓް 2016 ވަނަ ދުވަހުގެ އޮފީސް ބަންދު ވުމުގެ ކުރިން އޭސީސީއަށް ހުށަހަޅުއްވުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. ނޭޝަނަލް އިންޓަގްރިޓީ ޕްލޭންގެ ވެބްސައިޓުގެ އެޑްރެހަކީ http://nip.gov.mv އެވެ. އަދި އީމެއިލްއިން ޚިޔާލު ހުށަހަޅުއްވާނަމަ މެއިލް ކުރައްވާނީ nip@acc.gov.mv އަށް މެއިލްއަށެވެ.

“ނަޒާހަތްތެރިކަމުގެ ޤައުމީ ސިއްކަ” ދިނުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލަށް ޚިޔާލުހުށަހަޅާ ފޯމު



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×