އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހިންގަމުންގެންދާ ކޮރަޕްޝަން ޕްރިވެންޝަން ޕްރޮގްރާމްގެ ދަށުން ލ.އަތޮޅުގައި ހުރި ދައުލަތުގެ 55 އިދާރާއަކަށް އިރުޝާދު ދީފި

27 Jan 2010

މި ކޮމިޝަނުން ހިންގަމުންގެންދާ ކޮރަޕްޝަން ޕްރިވެންޝަން ޕްރޮގްރާމްގެ ދަށުން ލ.އަތޮޅުގައި ހުރި ދައުލަތުގެ އިދާރާތަކުގެ ފައިސާއާބެހޭ ފޮތްތަކާއި، ލިޔުންތައް ޗެކްކުރި ކުރުމުގައި ފާހަގަކުރެވުނު ކަންތައްތައް އިޞްލާޚުކުރައްވައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތީން ޢަމަލުކުރައްވަމުން ގެންދެވުމަށާއި، އެކަންތައްތައް 28 ފެބްރުއަރީ 2010 ގެ ކުރިން އިޞްލާޚުކުރެއްވުމަށްފަހު، އެކަން އަންގަވައިދެއްވުމަށް ލ.އަތޮޅުގައި ހުރި ދައުލަތުގެ 55 އިދާރާއަކަށް ވާނީ އެންގިފައެވެ. އެގޮތުން އިޞްލާޚުކުރުމަށް އެންގުނު އިދާރާތަކާއި، އެއިދާރާތަކަށް އެންގުނު ކަންތައްތައް މިކޮމިޝަނުގެ ވެބްސައިޓް (www.acc.gov.mv) ގައި ޝާއިޢުކުރެވިފައިވާނެއެވެ



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×