މެލޭޝިޔާގައި ހިންގާ ތަމްރީނު ޕްރޮގްރާމެއްގައި އޭސީސީން ބައިވެރިވެއްޖެ

09 Aug 2016

 

8 އޯގަސްޓް 2016 އިން 19 އޯގަސްޓް 2016 އަށް މެލޭޝިޔާގެ ކުވަރލަލަންޕޫރުގައި ކުރިއަށްގެންދާ އެގްޒެކެޓިވް ސެޓްފިކެޓް ފޯރ ސްޓްރެޓެޖިކް މެނޭޖްމަންޓް އޮފް އެންޓިކޮރަޕްޝަން، ޕްރޮގުރާމްގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރިވެއްޖެއެވެ. މިކޯހަކީ ކޮރަޕްޝަންގެ މައްސަލަތައް ތަޙްޤީޤު ކުރުމާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް އެކި ޤައުމުތަކުގެ ކަމާބެހޭ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ދިނުމަށް ކޮންމެ އަހަރަކު ހިންގޭ ޓްރޭނިންގ ޕްރޮގްރާމެކެވެ. މީގެއިތުރުން، ކޮރަޕްޝަން ނައްތާލުމަށް ކުރެވޭ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކާއި، އެކަންކަން ހައްލުކުރުމަށް ޤައުމުތަކުން މަސައްކަތްކުރާގޮތުގެ މަޢުލޫމާތު، ކޯހުގެ ބައިވެރިންގެ މެދުގައި ހިއްސާ ކުރެވޭނެއެވެ.

މި ޕްރޮގްރާމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރިވަނީ ކޮމިޝަންގެ ކޭސް އޮފިސަރު މަރިޔަމް ނަޝާ އެވެ.

 

Nasha-1


ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×