ކަސްޓަމްސް ދާއިރާގެ ދިރާސާ

09 Aug 2016

ކަސްޓަމްސް ދާއިރާގެ ދިރާސާއަކީ މެއި 2016 ގައި ކޮމިޝަނުން ފަށާފައިވާ ދިރާސާއެކެވެ. މި ދިރާސާގެ މަޤްޞަދަކީ ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކުން ހިންގާ އޮޅުވާލުމުގެ ޢަމަލުތަކާމެދު ފިޔަވަޅު އެޅުމުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބެލުމާއި އަދި މިފަދަ އުޞޫލުތަކުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށްހުރި ރިސްކް ދެނެގަނެ ހަރުދަނާކުރަންޖެހޭ ކަންކަން އިސްލާޙްކުރުމަށް ކޮމިޝަނުން ލަފާދިނުމެވެ. ދިރާސާއަށް ބޭނުންވާ ބައެއް ނުލިބިހުރި މަޢުލޫމާތުހޯދުމުގެ މަސައްކަތްތައްދަނީ މިހާރުވެސް ކުރަމުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×