އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ދެ ތަޙްޤީޤުޓީމެއް އަތޮޅުތަކުގައި ޙަރަކާތްތެރިވަމުން އެބަދޭ

17 Feb 2010

ތިލަދުންމަތީ އުތުރުބުރިއާއި، ތިލަދުންމަތީ ދެކުނުބުރިއާއި، މާޅޮސްމަޑުލު އުތުރުބުރީގައި ހުރި ސަރުކާރުގެ ބައެއް ދާއިރާތަކުގެ މުވައްޒަފުންނާ ބެހޭގޮތުން މިކޮމިޝަނަށް ހުށަހެޅިފައިވާ 24 މައްސަލައެއް ބެލުމަށްޓަކައި ކޮމިޝަނުގެ 2 ޓީމެއް އެ 3 އަތޮޅުގައި މިހާރު ތަޙްޤީޤު ކުރަމުން އެބަގެންދެއެވެ.

އެ ޓީމުތަކުން ބަލާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާޢިޒު ފައިދާ ހޯދުމާއި އަދި ގާތްފަރާތްތަކަށް ނާޖާޢިޒު ފައިދާ ހޯދައިދިނުމުގައި ސަރުކާރުގެ ފައިސާއަށް ޚިޔާނަތްތެރިވެފައިވުމާއި، ރައްޔިތުންގެ ފައިސާ ބޭނުންކުރުމުގައި ރައްޔިތުންގެ އިންޖީނުގޭގެ ފައިސާއާ ތަކެއްޗަށް ޚިޔާނަތްތެރިވެފައިވުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފައިސާއަށް ޚިޔާނަތްތެރިވުމާއި، ގަވާއިދާ ޚިލާފަށް ރައްރަށުން އެކިކަންކަމަށް ބިންދޫކުރުމާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް ބައެއް އިދާރާތަކުން ޚަރަދުކުރަމުން ދިއުމާބެހޭ މައްސަލަތަކެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×