އޭސީސީގައި ރަޖިސްޓްރީ ކުރެވުނު މައްސަލަތަކުގެ ޢަދަދު ދަށަށް

09 Aug 2016

2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި 408 މައްސަލައެއް ކޮމިޝަނުގަ ރަޖިސްޓްރީ ކުރެވިފައިވެއެވެ. ފާއިތުވެ ދިޔަ ދެވަނަ ކުއާޓަރގައި 189 މައްސަލަ އޭސީސީގައި ރަޖިސްޓްރީ ކުރެވިފައިވާއިރު 2015 ވަނަ އަހަރު އެ މުއްދަތުގައި ރަޖިސްޓްރީ ކުރެވިފައިވަނީ 204 މައްސަލައެވެ. މިއީ 2015 ވަނަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 7 އިންސައްތައިގެ ދަށްވުމެކެވެ. ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވުނު މައްސަލަތަކުގެ ތެރެއިން ކޮމިޝަނުން ދިރާސާ ކުރުމަށް ފަހު، 2016 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ތަޙްޤީޤު ކުރުމަށް ނިންމީ 159 މައްސަލައެވެ. 2015 ވަނަ އަހަރު އެމުއްދަތުގައި ތަޙްޤީޤު ކުރުމަށް ނިންމާފައިވަނީ 155 މައްސަލައެވެ.

ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކުގެ ތެރެއިން ކޮމިޝަންގެ މެންޑޭޓަށް ނުފެތޭ މައްސަލަތައްދަނީ އެ މެންޑޭޓެއް އޮތް އިދާރާއަކަށް ފޮނުވަމުންނެވެ. މިގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރގައި 11 މައްސަލައެއް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވާފައިވާއިރު 2015 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކޮމިޝަނުން އެހެނިހެން އިދާރާތަކަށް ފޮނުވާފައިވަނީ 17 މައްސަލައެވެ.

އެކަށީގެންވާ ވަރަށް މަޢުލޫމާތު ނެތިގެން މިއަހަރުގެ ދެވަނަ ކުއާޓަރގައި 19 މައްސަލައެއް ނުބަލާ ދޫކޮށްލާފައިވާއިރު، 2015 ވަނަ އަހަރުގެ އެމުއްދަތުގައި 45 މައްސަލަ ވަނީ ނުބަލާ ދޫކޮށްލާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×