އެންޓި-ކޮރަޕްޝަން ކޮމިޝަނުން ދަޢުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ހުށަހަޅާފައިވާ އިޞްލާޙުތަކާމެދު ޢަމަލު ކުރެއްވި ގޮތެއް އަންގަވައިދެއްވުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް އަންގައިފި

31 May 2010

ދަޢުލަތުގެ މާލިއްޔަތުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2006/03)ގެ 49ވަނަ މާއްދާގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ހައްދަވާފައިވާ މާލިއްޔަތު ގަވާއިދަށް 11 ފެބްރުއަރީ 2009ން ފެށިގެން ޢަމަލުކުރަން ފެށުމާ ގުޅިގެން އެގަވާއިދު މިކޮމިޝަނުން ދިރާސާކުރިކުރުމުގައި އެގަވާއިދަށް ބައެއް ބަދަލުތައް ގެންނަން ޖެހޭކަން ފާހަގަ ކުރެވުމާގުޅިގެން ދަޢުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ގެންނަން ފެންނަ ބައެއް އިޞްލާޙުތައް ބަޔާންކޮށް ތައްޔާރުކޮށްފައިވާ ލިޔުމެއް، 19 މާޗް 2009ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވާފައިވެއެވެ.

މި އިޞްލާޙުތަކަކީ ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިދިނުމުގެ ގޮތުން ވީހާވެސް އަވަހަކަށް ބަދަލު ގެންނަންޖެހޭ ކަންތައްތަކެއްކަމަށް ދެކެމެވެ.

ނަމަވެސް، މި ހުށަހެޅުންތަކާ ގުޅިގެން މިހާތަނަށް އެއަށް އެއްވެސް ޢަމަލީ ސިފައެއް އައިސްފައި ނުވުމާއެކު އެއިޞްލާޙުތަކާމެދު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ޢަމަލު ކުރެއްވިގޮތެއް އަންގަވައިދެއްވުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ވާނީ އެންގިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×