އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސާއި ނާއިބުރައީސްކަމުގެ މަޤާމަށް އަލުން ބޭފުޅުން ހަމަޖައްސައިފި

17 Oct 2010

Luthfy

Muawiz

13 އޮކްޓޯބަރ 2010ވީ ބުދަ ދުވަހު އެންޓި-ކޮރަޕްޝަން ކޮމިޝަނަށް 5 ވަނަ މެމްބަރަކު އައްޔަން ކުރެއްވުމާގުޅިގެން، ކޮމިޝަނުގައި މިހާރު ތިއްބެވި 5 މެމްބަރުންގެ ތެރެއިން ކޮންމެ މެމްބަރަކަށްވެސް ކޮމިޝަނުގެ ރައީސް ނުވަތަ ނާއިބުރައީސަށް ވެވަޑައިގަތުމުގެ ފުރުޞަތު ދެއްވަންޖެހޭނެކަމަށް ފެނިވަޑައިގަންނަވާތީ، ކޮމިޝަނުގެ ރައީސް އަލްފާޟިލް މުޙައްމަދު ޝަފީޢުއާއި، ކޮމިޝަނުގެ ނާއިބު ރައީސް އަލްއުސްތާޛު މުޢައްވިޒު ރަޝީދު ވަނީ އެބޭފުޅުންގެ މަޤާމުން މިއަދު އިސްތިއުފާ ދެއްވާފައެވެ.

ކޮމިޝަނުގެ ރައީސާއި، ނާއިބުރައީސް އިސްތިއުފާ ދެއްވުމާ ގުޅިގެން، ކޮމިޝަނުގެ ރައީސްއާއި ނާއިބުރައީސް ޢައްޔަންކުރުމަށް ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ބައްދަލުވުމެއް ބޭއްވުމަށްފަހު، ކޮމިޝަނުގެ ރައީސްކަމަށް ހަމަޖައްސާފައިވަނީ ސ.ހިތަދޫ ރަންފަސް އަލްފާޟިލް ޙަސަން ލުޠުފީ އެވެ. އަދި ކޮމިޝަނުގެ ނާއިބުރައީސްގެ މަޤާމަށް ހަމަޖައްސާފައިވަނީ ގދ.ތިނަދޫ ގަޒީރާ އަލްއުސްތާޛު މުޢައްވިޒު ރަޝީދު އެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×