މީރާ ގެ “ތިކުދިންގެ ހަވީރު” ގައި އޭސީސީން ބައިވެރިވެއްޖެ

15 Aug 2016

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 12 އޮގަސްޓް 2016 ގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބައިވެރިވެއްޖެއެވެ. ހަވީރު 4:00 އިން 6:00އަށް، ހުޅުމާލެ ސެންޓްރަލް ޕާރކްގައި ބޭއްވުނު މިހަވީރުގައި ދައުލަތުގެ މުއައްސަސާތަކާއި، ކުންފުނިތަކުން ބައިވެރިވެފައިވެއެވެ.
އޭސީސީގެ ސްޓޯލްއިން ނަޒާހަތްތެރިކަމާ ގުޅުންހުރި މަޢުލޫމާތާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެވިފައިވެއެވެ. އަދި ނަޒަހަތްތެރި ކަމަށް ކުޑަކުދިންގެ ހޭލުންތެރިކަން އިތުރު ކުރުމަށް މަގުފަހިވާގޮތަށް، ތައްޔާރުކޮށްފައިވާ، ކުޑަކުދިންނާ ގުޅޭ ކުޅިވަރުތައް މި ސްޓޯލްގައި ހިމެނިފައިވެއެވެ. މި ސްޓޯލަށް ގިނަ ޢަދަދެއްގެ ކުދިންނާއި ބެލެނިވެރިން ޙާޟިރުވެ، ކުޅިވަރުތަކުގައި ބައިވެރިވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×