ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ ތަޙްޤީޤުކުރުމަށްޓަކައި ކޮމިޝަންގެ ތަޙްޤީޤު ޓީމުތައް އަތޮޅުތެރޭގައި

23 Aug 2016

މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން، އަތޮޅުތަކަށް ދަތުރުކޮށްގެން ތަޙްޤީޤުކޮށް ބަލަންޖެހޭ މައްސަލަތަކެއް ތަޙްޤީޤުކުރުމަށްޓަކައި، 20 އޮގަސްޓް 2016 ން ފެށިގެން ކޮމިޝަންގެ 2 ތަޙްޤީޤު ޓީމެއް 2 އަތޮޅަކަށް ކުރާ ދަތުރެއްގައި މިހާރު އެ އަތޮޅުތަކުގައި ޙަރަކާތްތެރިވަމުން އެބަގެންދެއެވެ. މި ޓީމުތަކުން މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ނ.އަތޮޅު އަދި ތ.އަތޮޅުގައެވެ.

20 އޮގަސްޓް 2016 ން ފެށިގެން 08 ސެޕްޓެންބަރު 2016 ށް ކުރިއަށް ގެންދާ މިދަތުރުތަކުގައި ކޮމިޝަނުގެ 06 އިންވެސްޓިގޭޓަރުން ބައިވެރިވެއެވެ. އަދި އެ އިންވެސްޓިގޭޓަރުން 02 އަތޮޅުން 37 މައްސަލަ ތަޙްޤީޤުކުރުމަށް ވަނީ ހަމަޖެހިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×