މި އަހަރުގެ 2 ވަނަ ކުއާޓަރގައި 192 މައްސަލަ ނިންމައިފި!

24 Aug 2016

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި 405 މައްސަލަ ވަނީ ބަލާ ނިންމާފައެވެ. މީގެ ތެރެއިން 192 މައްސަލައަކީ 2 ވަނަ ކުއާޓަރ ގައި ނިންމާފައިވާ މައްސަލައެވެ. އެއީ، 2015 ވަނަ އަހަރުގެ ދެވަނަ ކުއާޓަރއާ އަޅާ ބަލާއިރު 29.7 އިންސައްތައިގެ ކުރިއެރުމެކެވެ. 2015ވަނަ އަހަރުގެ 2 ވަނަ ކުއާޓަރގައި ކޮމިޝަނުން ބަލާ ނިންމާފައިވަނީ 148 މައްސަލައެވެ.
މި އަހަރުގެ 2 ވަނަ ކުއާޓަރގައި ކޮމިޝަނުން ބަލާ ނިންމި މައްސަލަތަކުގެ ތެރެއިން ޝަރީޢަތަށް ހުށަހެޅުމަށް ކޮމިޝަނަށް ފެންނަ 3 މައްސަލައެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވާއިރު 2015 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޝަރީޢަތަށް ހުށަހެޅުމަށް 6 މައްސަލައެއް ޕްރޮސެކިއުޓަރ ޖެނެރަލް ގެ އޮފީހަށް ފޮނުވާފައިވެއެވެ.
މިއަހަރުގެ 2 ވަނަ ކުއާޓަރގައި ބަލާ ނިންމި މައްސަލަތަކުގެ ތެރެއިން އެކަށީގެންވާ ވަރަށް ހެއްކާއި ޤަރީނާ ލިބެންނެތިގެން 189 މައްސަލައެއްވަނީ ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިފައިވާ ކަމަށް ސާބިތު ކުރެވެން ނެތްކަމަށް ނިންމާފައެވެ. 2015 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 142 މައްސަލައެއް އެކަށީގެންވާ ހެއްކާއި ޤަރީނާ ނެތިގެން ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިފައި ވާކަމަށް ސާބިތު ކުރެވެން ނެތްކަމަށްވަނީ ނިންމާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×