އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ކުއަރޓަރލީ ބުލެޓިން ގެ 3ވަނަ އަދަދު ނެރެފި

29 Aug 2016

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުހިންމު މަސައްކަތްތައް ޢާންމުންނަށް ހާސާކުރުމަށާއި، ނަޒާހަތްތެރިކަމާއި ކޮރަޕްޝަނާ މެދު އާންމުން ހޭލުންތެރިކުރުމުގެ މަޤްސަދުގައި ކޮމިޝަނުން ނެރެން ފަށާފައިވާ “ބިތުފަންގި’ ބުލެޓިން ގެ 3 ވަނަ އަދަދު ނެރެފިއެވެ. ބުލެޓިން ގެ މި އަދަދު ނެރެފައިވަނީ  ބިތުފަންގި ސީޒަން-2ގެ ނިމުން ފާހަގަކުރުމުގެ ގޮތުން 28 އޯގަސްޓް 2016 ވީ އާދީއްތަ ދުވަހުގެ ރޭ އޭސީސީ އިން ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ޙަފްލާއެއްގައެވެ. ބުލެޓިން ނެރެދެއްވީ ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް އަލްފާޟިލް މުޙައްމަދު ޝަހީބެވެ.

މި ބުލެޓިންގައި، ކޮމިޝަނުން މިއަހަރުގެ ދެވަނަ ކުއަރޓަރގެ ތެރޭގައި ބަލައި ނިންމި މައްސަލަތަކުގެ ތެރެއިން އެއް މައްސަލައިގެ ޚުލާޞާއެއް ހިމަނާފައިވެއެވެ. އަދި، މީގެ އިތުރުން، މިއަހަރުގެ ދެވަނަ ކުއަރޓަރގެ ކޮމިޝަންގެ ތަފާސްހިސާބާއި، މުހިންމު ޚަބަރުތަކާއި، މުހިންމު ޙަރަކާތްތައް ހިމަނާފައިވެއެވެ. މި ބުލެޓިން ކޮމިޝަންގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުގައި ޝާޢިއުކުރެވިފައި ވާނެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×