ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމާއި ބެހޭ މަޢުލޫމާތު ސިވިލް ސަރވިސް އެޑްވައިޒަރީ ކޮމެޓީއަށް ދީފި

31 Aug 2016

 

އެންޓި-ކޮރަޕްޝަނުން ކޮމިޝަނުން ސިވިލް ސަރވިސްގެ އެޑްވައިޒަރީ ކޮމެޓީއަށް ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމާއި ބެހޭގޮތުން މަޢުލޫމާތު ދީފިއެވެ. މިނިސްޓްރީތަކުގެ ޕަރމަނަންޓް ސެކްރެޓަރީއިންނާއި، ޒިންމާދާރުވެރިންގެ މައްޗަށް އެކުލެވޭ މި ކޮމެޓީއަށް މަޢުލޫމާތު ދިނީ 30 އޮގަސްޓް 2016ގައި ސިވިލް ސަރވިސް ކޮމިޝަންގައި ބޭއްވުނު އެ ކޮމެޓީގެ ބައްދަލުވުމެއްގައެވެ.

މިނިސްޓްރީތަކުގެ ދަށުން ހިންގަމުންދާ އިދާރާތަކަށް މި މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް މި ބައްދަލުވުމުގައި އެދިފައިވެއެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްގެ އިތުރުން އެ ކޮމިޝަނުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި އެ ބޭފުޅުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެވުނެވެ.

ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމަކީ ކޮރަޕްޝަން ހުއްޓުވުމާއި، މަނާކުރުމާއި އަދި މީގެ އިތުރުން ނަޒާހަތްތެރިކަން ކުރިއެރުވުމަށް ހިންގާ ތަފާތު ޙަރަކާތްތަކަށް ހިތްވަރުދީ ވާގިވެރިވުމަށާއި، ކޮރަޕްޝަންގެ ޢަމަލުތަކާ ދެކޮޅު ހެދުމަށް މުއައްސަސާތަކާއި ފަރުދުން ގުޅިގެން މަސައްކަތް ކުރުމަށް ހިތްވަރު ދިނުމުގެ މަޤްޞަދުގައި ތަޢާރަފްކޮށްފައިވާ އިނާމެކެވެ. މި އިނާމަށް ނަން ހުށަހެޅުމުގެ ސުންގަޑިއަކީ  29 ނޮވެންބަރު 2016 ގެ 14:00 އެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×