މީރާގެ މުވައްޒަފުންނަށް އެންޓި-ކޮރަޕްޝަން ޓްރެއިނިންގ ސެޝަނެއް ބާއްވައިފި

01 Sep 2016

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ މުވައްޒަފުންނަށް އެންޓި-ކޮރަޕްޝަން ޓްރެއިނިންގ ސެޝަނެއް 31 އޮގަސްޓް 2016 ގައި ބާއްވައިފިއެވެ. މިރާއަށް އަލަށް ގުޅުނު މުވައްޒަފުންނަށް ހިންގާ އިންޑަކްޝަން ޕްރޮގްރާމްގެ ތެރެއިން ކުރިއަށް ގެންދިޔަ މިސެޝަންގައި މީރާގެ 30 މުވައްޒަފުން ބައިވެރިވެފައިވެއެވެ.

މިސެޝަންގައި ނަޒާހަތްތެރިކަމާއި، އެންޓި-ކޮރަޕްޝަނާ ގުޅޭ މޮޑިއުލްތައް ހުށަހަޅައިދެވުނެވެ. މީގެ ތެރޭގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނާއި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު، ރާއްޖޭގައި ކޮރަޕްޝަންގެ ހާލަތު އަދި ކޮރަޕްޝަން ވިޔަނުދިނުމަށް ކުރެވިދާނެ ކަންތައްތައް ހިމެނެއެވެ. މިސެޝަންއަކީ މީރާގެ އިންޑަކްޝަން ޕްރޮގްރާމްގެ ތެރެއިން އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއާ ގުޅިގެން ސިލްސިލާކޮށް ބާއްވަމުންދާ ސެޝަން ތަކެކެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×