ސީއެސްޓީއައި އިން ހިންގި އިންޑަކްޝަން ޕްރޮގްރާމްގައި އެންޓި-ކޮރަޕްޝަނާ ބެހޭ މަޢުލޫމާތު ދީފި

22 Sep 2016

 

ސިވިލް ސާވިސް ޓްރޭނިންގ އިންސްޓިއުޓުން 21 ސެޕްޓެންބަރ 2016 ގައި ކުރިއަށް ގެންދިޔަ އިންޑަކްޝަން ޕްރޮގްރާމްގައި އޭސީސީގެ ފަރާތުން ބައިވެރިވެ އެންޓި-ކޮރަޕްޝަން އާ ބެހޭގޮތުން މަޢުލޫމާތު ހިއްސާކޮށްފިއެވެ. ސިވިލްސާވިސްއާ އަލަށް ގުޅުނު މުވައްޒަފުންނަށް ހިންގާ އިންޑަކްޝަން ޕްރޮގްރާމްގެ ތެރެއިން ކުރިއަށް ގެންދިޔަ މިސެޝަންގައި ސަރުކާރުގެ އެކި އިދާރާތަކުން 60 މުވައްޒަފުން ބައިވެރިވިއެވެ.  މިސެޝަންގައި ނަޒާހަތްތެރިކަމާއި، އެންޓި-ކޮރަޕްޝަނާ ގުޅޭ މޮޑިއުލްތައް ހުށަހަޅައިދެވުނެވެ. މީގެ ތެރޭގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނާއި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު، ރާއްޖޭގައި ކޮރަޕްޝަންގެ ހާލަތު އަދި ކޮރަޕްޝަން ވިޔަނުދިނުމަށް ކުރެވިދާނެ ކަންތައްތައް ހިމެނެއެވެ. މިސެޝަންތަކަކީ ސިވިލްސާވިސް ޓްރޭނިންގ އިންސްޓިއުޓުގެ އެދުމުގެ މަތިން އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ސިވިލްސާވިސް ޓްރޭނިންގ އިންސްޓިއުޓާ ގުޅިގެން ސިލްސިލާކޮށް ބާއްވަމުންދާ ސެޝަން ތަކެކެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×