ސަރކް ނޭޝަންސް ސެމިނަރ އޮން އެންޓި-ކޮރަޕްޝަންގައި އޭސީސީން ބައިވެރިވެއްޖެ

26 Sep 2016

 

ޕާކިސްތާންގެ ނެޝަނަލް އެކައުންޓަބިލިޓީ ބިއުރޯގެ ފަރާތުން ބާއްވާ “ސަރކް ނޭޝަންސް ސެމިނަރ އޮން އެންޓި-ކޮރަޕްޝަން”ގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރި ވެއްޖެއެވެ. 26 ސެޕްޓެންބަރު 2016 އިން 27 ސެޕްޓެންބަރު 2016 އަށް ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ބާއްވާ މި ސެމިނާގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރިވެލެއްވީ ކޮމިޝަނުގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއާއި ކޮމިޝަނުގެ ނާއިބުރައީސް އަލްއުސްތާޛް މުޢައްވިޒް ރަޝީދެވެ.

ސަރކު ޤައުމުތަކުގައި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ އެޖެންސީ ތަކުގެ ވެރިން ބައިވެރިވެލައްވާ މި ސެމިނަރއަކީ ސައުތް އޭޝިއާގެ ޤައުމުތަކުގައި ހިނގާ ކޮރަޕްޝަންގެ އަމަލުތައް ހިނގަން މެދުވެރިވާ މައިގަނޑު ސަބަބުތަކާއި، އެކަންތައްތައް ހުއްޓުވުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާއި، އަދި ކޮރަޕްޝަނާއި ދެކޮޅަށް މުޖުތަމަޢު ހޭލުންތެރިކުރުމަށްޓަކައި އެކިއެކި ޤައުމުތަކުން ކުރަމުންގެންދާ މަސައްކަތްތަކާމެދު މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ބޭއްވޭ ބައްދަލުވުމެވެ. މި ސެމިނަރއަކީ ސަރކްގެ ޤައުމުތަކުން އިސްނަގައިގެން ބާއްވާ މިފަދަ ފުރަތަމަ ބައްދަލުވުމެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×