މަޢުލޫމާތު ހާމަކުރުމުގެ “ރަންވަނަ 2016” އާއި “އެންމެ ރަނގަޅު ވެބްސައިޓް އެވޯޑް 2016” އޭސީސީއަށްލިބުމުން އެކަން ފާހަގަކޮށްފި

04 Oct 2016

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން ހޮވާ މަޢުލޫމާތު ހާމަކުރުމުގެ ރަންވަނައަށް އޭސީސީ ހޮވުމާއި އެންމެ ރަނގަޅު ވެބްސައިޓަކަށް އޭސީސީގެ ވެބްސައިޓު ހޮވުމާ ގުޅިގެން އެކަން ފާހަގަ ކުރުމަށް ޚާއްޞަ ހަފްލާއެއް އޭސީސީގައި ބާއްވައިފިއެވެ. މި ހަފްލާ ބޭއްވީ، 03 އޮކްޓޫބަރު 2016 ވީ ހޯމަ ދުވަހު ހެނދުނު 09:00 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގައެވެ. މި ޙަފުލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ކުރީގެ ރައީސް އަލްފާޟިލް މުޙައްމަދު ޝަފީޢުއެވެ.

މި ހަފްލާގައި މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ އާއި އެންމެ ރަނގަޅު ވެބްސައިޓަކަށް އޭސީސީގެ ވެބްސައިޓް ހޮވުމާގުޅިގެން މަޢުލޫމާތު ހާމަކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތާބެހޭގޮތުން ޚާއްޞަ ޕްރެޒެންޓޭޝަނެއް ކޮމިޝަންގެ އިންފޮމޭޝަން އޮފިސަރ އަލްފާޟިލް ޙަސަން މަނިކު ވަނީ ހުށަހަޅުއްވާފައެވެ. މި ހަފްލާގައި ކޮމިޝަންގެ ރައީސް ޙަސަން ލުޠުފީއާއި ނާއިބްރައީސް މުޢައްވިޒު ރަޝީދު ވާހަކަ ފުޅުދެއްކެވިއެވެ. މުނާސަބަތު ފާހަގަ ކުރުމަށް ތައްޔާރު ކޮށްފައިވާ ކޭކު ފެޅުންވެސް މިއަދުގެ ރަސްމިއްޔާތުގައި އޮތެވެ. ކޭކު ފަޅައިދެއްވީ ޝަރަފުވެރި މެހެމާން އަލްފާޟިލް މުޙައްމަދު ޝަފީޢުއެވެ. މި ހަފްލާގައި އޭސީސީގެ ހުރިހާ މުވައްޒަފުން ބައިވެރިވިއެވެ.

އައްޑޫސިޓީ ހިތަދޫގައި ޤާއިމްކޮށްފައިވާ އޭސީސީގެ ސަދަންރީޖަނަލް އޮފީހުގައިވެސް މިއަދުވަނީ މިކަމާގުޅިގެން ޚާއްޞަ ހަފްލާއެއް ބާއްވާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×