އޭސީސީގެ 2015 ވަނައަހަރުގެ މާލީ ބަޔާން އޮޑިޓްކޮށް ނިންމައިފި

05 Oct 2016

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ 2015 ވަނަ އަހަރުގެ މާލީ ބަޔާން އޮޑިޓްކޮށް މިއަދު ނިންމައިފިއެވެ. އޮޑިޓް ނިންމުމަށްޓަކައި ބާއްވާ ބައްދަލުވުން އޮތީ މިއަދު 10:00 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގައެވެ. މި ބައްދަލުވުމުގައި 2015 ވަނަ އަހަރުގެ މާލީ ބަޔާން އޮޑިޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންނެވުނު ގޮތާއި، އޮޑިޓްގައި ފާހަގަކުރެވުނު ކަންތައްތަކާއި މެދު މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމުގައި އޭސީސީގެ މާލީހިސާބުތައް ދައުލަތުގެ މާލިއްޔަތާބެހޭ އެންމެހާ ގަވާއިދުތަކާ އެއްގޮތަށް ވަރަށް ރަނގަޅަށް ބަލަހައްޓަވާފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފާހަގަ ކުރެއްވިއެވެ.

މިބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލްގެ ފަރާތްޕުޅުން ބައިވެރިވެ ވަޑައިގެންނެވީ އެސިސްޓެންޓް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީއެވެ. އަދި އޭސީސީގެ ފަރާތުން ކޮމިޝަންގެ ރައީސާއި ބައެއް މެމްބަރުން އަދި ކަމާބެހޭ މުވައްޒަފުން ބައިވެރިވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×