އޭ.ސީ.ސީ ގެ ތަޙްޤީޤު ކުރުމާބެހޭ އުޞޫލުގެ 220، 320، 420، 520، 620، 720 އަދި 1100 ވަނަ ބާބަށް ޢަމަލުކުރަން ފެށުމުގެ ގޮތުން ތަމްރީން ޕްރޮގްރާމެއް ބާއްވައިފި

04 Oct 2016

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޢަމަލު ކުރަމުންދާ ތަޙްޤީޤު ކުރުމާބެހޭ އުޞޫލުތައް ހަރުދަނާކޮށް އަލުން އެކުލަވާލުމަށް އޭ.ސީ.ސީ އިން ފަށާފައިވާ މަސައްކަތުގެ ދަށުން، [އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ތަޙްޤީޤުކުރުމުގެ އުޞޫލު] ގެ 220، 320، 420، 520، 620، 720 އަދި 1100 ވަނަ ބާބު ކޮމިޝަނުން ފާސްކޮށް، 03 އޮކްޓޫބަރު 2016 އިން ފެށިގެން އެ ބާބުތަކަށް ޢަމަލުކުރަން ނިންމައިފިއެވެ.

03 އޮކްޓޫބަރު 2016 ޢަމަލުކުރަންފަށަން ހަމަޖެހިފައިވާ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ތަޙުޤީޤު ކުރުމުގެ އުޞޫލުގައި، ކޮމިޝަނުގެ ތަޙުޤީޤަށް މީހުން ހާޒިރުކޮށް ބަޔާންނެގުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއާތުތަކާއި، ކޮމިޝަނުން އަތޮޅުތަކަށް ކުރާ ދަތުރުތަކުގައާއި ކޯޓު އަމުރު ހޯދުމުގައާއި ފޮރެންސިކް ތަޙުލީލެއް ހަދަންޖެހިއްޖެނަމަ ޢަމަލުކުރަންޖެހޭ އިޖުރާއާތުތަކާއި ތަޙުޤީޤު ރިޕޯޓު އެކުލަވާލުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއާތުތައް ބަޔާންކޮށްފައިވެއެވެ.

މި ބާބުތަކުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކުރަންޖެހޭ މުވައްޒަފުން، އެ މަސައްކަތްތަކަށް އަހުލުވެރިކުރުމުގެ ގޮތުން 25 ސެޕްޓެންބަރު 2016 އިން 28 ސެޕްޓެންބަރު 2016 އަށް އޭ.ސީ.ސީގެ ކޮންފަރެންސް ހޯލްގައި ގައި ޓްރެއިނިންގ ސެޝަނެއް ބާއްވާފައިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×