އޭސީސީގެ މުވައްޒަފަކު ޖަޕާނުގައި ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަނީ

11 Oct 2016

ޖަޕާނުގެ ޓޯކިޔޯގައި މިއަހަރުގެ އޮކްޓޯބަރ 09 އިން ނޮވެމްބަރ 07 އަށް ކުރިޔަށްދާ ކްރިމިނަލް ޖަސްޓިސް ރެސްޕޮންސް ޓު ކޮރަޕްޝަން ކޯހުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފަކު ވަނީ ބައިވެރި ވެފައެވެ. މިކޯހަކީ ކޮރަޕްޝަންގެ މައްސަލަތައް ތަޙްޤީޤު ކުރުމާއި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް އެކި ޤައުމުތަކުގެ ކަމާބެހޭ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ދިނުމަށް ކޮންމެ އަހަރަކު ހިންގޭ ޓްރޭނިންގ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން މިއަހަރު ބައިވެރިވީ ކޮމިޝަންގެ އިންވެސްޓިގޭޝަން އޮފިސަރ ލުޖައިނާ މުޙައްމަދުއެވެ. މި ކޯހުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވާފައިވަނީ ޖައިކާގެ ފަރާތުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×