އޭސީސީގެ ކޮމްޕިއުޓަރ ސޮފްޓްވެއާ “އެއިމްސް” އިފްތިތާޙް ކޮށްފި

11 Oct 2016

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ކޮމްޕިއުޓަރ ސޮފްޓްވެއަރ، އެންޓި-ކޮރަޕްޝަން އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް (އެއިމްސް) މި އަދު އިފްތިތާޙް ކޮށްފިއެވެ. މި ސޮފްޓްވެއަރގައި މިހާރު ހިމެނޭ އެންމެ މުހިންމު އެއްބަޔަކީ ކޭސް މެނޭޖްމަންޓް މޮޑިއުލް އެވެ. ކޭސް މެނޭޖްމަންޓް މޮޑިއުލްގެ އެހީގައި އޭސީސީއަށް ހުށަހެޅޭ މައްސަލަތަކާބެހޭ ހުރިހާ ރެކޯޑުތަކެއް ބެލެހެއްޓޭނެ އިންތިޒާމް މިހާރުވަނީ ހަމަޖެހިގެން ގޮސްފައެވެ. އަދި ކުރިން މެނުއަލްކޮށް ކުރަމުންދިޔަ ގިނަ މަސައްކަތްތަކެއްވެސް މިހާރުވަނީ އޮޓޮމޭޓް ކުރެވިފައެވެ.

މި ސޮފްޓްވެއަރ އިފްތިތާޙް ކޮށްދެއްވުމަށް ފަހު މިއަދުގެ ރަސްމިއްޔާތުގައި ކޮމިޝަންގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ކޮމިޝަންގެ އަމާޒަކީ ވީހާވެސް މަދުން ކަރުދާސް ބޭނުންކުރާ އިދާރާއެއްކަމުގައި އޭސީސީ ހެދުމާއެކު ޒަމާނީ ޓެކްނޮލޮޖީ އޭސީސީގެ މަސައްކަތުގައި ބޭނުންކުރާ މިންވަރު އިތުރުކުރުން ކަމަށް ވިދާޅުވިއެވެ. އަދި އޭސީސީގެ އައިޓީ މުވައްޒަފުން އަމިއްލައަށް މިފަދަ މަސައްކަތެއް މިހާ ފުރިހަމައަށް ނިންމާލެއްވީތީ އެކަމަށްޓަކައި އޭސީސީގެ އައިޓީ މުވައްޒަފުންނަށް ކޮމިޝަންގެ ރައީސް ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުން ބައިވެރިވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×