ވިސްލްބްލޯކުރާ ފަރާތްތައް ޙިމާޔަތްކުރުމާގުޅޭ އުސޫލަށް ޢަމަލުކުރަން ފަށައިފި

13 Oct 2016

[ވިސްލްބްލޯކުރުމާއި ވިސްލްބްލޯ ކުރާ ފަރާތްތައް ޙިމާޔަތްކުރުމުގައި  އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޢަމަލުކުރާނެ ގޮތުގެ އުސޫލު] 13 އޮކްޓޯބަރު 2016 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވެބްސައިޓްގައި ޢާއްމުކޮށް ޝާއިޢުކުރުމަށް ފަހު މި އުސޫލަށް ވަނީ ޢަމަލުކުރަންފަށާފައެވެ.

މި އުސޫލަކީ ކޮރަޕްޝަންގެ ޢަމަލުތައް އޭސީސީއަށް ރިޕޯޓުކޮށް ވިސްލްބްލޯކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ގޮތާއި، އެ ފަރާތްތަކަށް ލިބިދެވޭ ޙިމާޔަތްތަކާއި، އެ ފަރާތްތައް ޙިމާޔަތްކުރުމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޢަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވާ އުޞޫލެކެވެ.

އެގޮތުން މި އުސޫލުގެ ދަށުން ޙިމާޔަތް ލިބިދެވެނީ މި އުސޫލުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތަކާއެކު ކާކުކަން އެނގޭގޮތަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ވިސްލްބްލޯކުރާ ފަރާތްތަކަށެވެ. އަދި މި އުސޫލުގެ ދަށުން ކޮމިޝަނަށް ވިސްލްބްލޯކުރާ ފަރާތްތަކުގެ ޒާތީ މަޢުލޫމާތާއި، އެ ފަރާތްތަކުގެ ވަޒީފާގެ ރައްކާތެރިކަމާއި، ޖިސްމާނީ ރައްކާތެރިކަމާއި އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމުގައި އޭސީސީން ޢަމަލުކުރާނެ ގޮތް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

[ވިސްލްބްލޯކުރުމާއި ވިސްލްބްލޯކުރާ ފަރާތްތައް ޙިމާޔަތްކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު] ތިރީގައިވާ ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

 



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×