ޑީއެންއާރުގެ މުވައްޒަފުން ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކޮށްފި

20 Oct 2016

ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ޑިޕާރޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ މުވައްޒަފުން 19 އޮކްޓޫބަރ 2016 ގައި ސޮއިކޮށްފިއެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ކޮންފަރެންސް ރޫމްގައި އެ ޑިޕާރޓްމަންޓްގެ މުވައްޒަފުން ސޮއިކުރެއްވުމަށް ބޭއްވުނު ހަފްލާގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނާއިބު ރައީސް އަލްއުސްތާޛް މުޢައްވިޒް ރަޝީދާއި، ކޮމިޝަނުގެ މެމްބަރު އަލްފާޟިލް ސޮފްވަތު މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

ޑިޕާރޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ 43 މުވައްޒަފުން ބައިވެރިވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިޕާރޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ ޑިރެކްޓަރ އަލްފާޟިލާ ފަރީދާ ޔޫސުފް ވިދާޅުވީ އެ ޑިޕާރޓްމަންޓަކީ ރައްޔިތުންނަށް ވަރަށް މުހިއްމު އަސާސީ ޚިދުމަތެއް، ޒިންމާދާރުކަމާއެކު ދޭ މުއައްސަސާއެއްކަމަށެވެ. އަދި ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރުމުން އެ ޑިޕާރޓްމަންޓުން ކުރާ މަސައްކަތްތަކަށް ރައްޔިތުންގެ އިތުބާރު މިހާރަށްވުރެ ބޮޑަށް ލިބިގެންދާނެ ކަމަށް އުއްމީދު ކުރަށްވާކަމަށްވެސް ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނުގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނުގެ ނާއިބު ރައީސް އަލްއުސްތާޛް މުޢައްވިޒް ރަޝީދުވަނީ އެ ޑިޕާރޓްމަންޓްގެ މުވައްޒަފުން ނަޒާހަތްތެރިކަމުގެ ވަޢުދުގައި ސޮއި ކުރުމުން އެކަމަށް މަރުޙަބާ ދަންނަވާ، ޝުކުރު އަދާކުރައްވާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×