އޭ.ސީ.ސީއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ ދެމެދު ފަހުމްނާމާއެއްގައި ސޮއިކޮށްފި

24 Oct 2016

އެންޓި-ކޮރަޕްޝަން ކޮމިޝަން(އޭ.ސީ.ސީ) އާއި ޕްރޮސިކުއުޓަރ ޖެނެރަލްގެ އޮފީހާދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ. މި ފަހުމުނާމާއަކީ އެސީސީ އާއި ޕްރޮސިކުއުޓަރ ޖެނެރަލްގެ އޮފީހާ ދެމެދު ގުޅިގެން މަސައްކަތް ކުރެވެން ހުރި ދާއިރާތަކުން މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ އިޖުރާއަތުތައް ބަޔާންކުރުމަށް ގާއިމުކުރެވުނު ފަހުމުނާމާއެކެވެ.

ފަހުމްނާމާގައި ސޮއިކުރުމަށް އޭ.ސީ.ސީގެ ޖަލްސާކުރާ މާލަމްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އޭ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އޭ.ސީ.ސީގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއެވެ. ޕްރޮސިކުއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޞަތު ބިޝާމުއެވެ.

މި ފަހުމުނާމާގައި ކޮރަޕްޝަންގެ މައްސަލަތަކުގެ ތަޙުޤީޤުތައް ހަރުދަނާކުރުމާއި، ޝަރީޢަތަށް ހުށަހަޅާ މައްސަލަތަކުގައި އެހީތެރިކަމާއި އެއްބާރުލުންދެވޭނެ ދާއިރާތައް ފާހަގަކޮށް، މައްސަލަތައް ހަލުއިކަމާއެކު ކުރިއަށް ގެންދިއުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ ގުޅިގެން މަސައްކަތްކުރާނެ ދާއިރާތައް ހިމަނާފައިވެއެ



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×