“މަގޭ ވޯޓް – މަގޭ ނަޒާހަތްތެރިކަން” ކެމްޕޭން ފަށައިފި

09 Nov 2016

 

އެންޓި-ކޮރަޕްޝަން ކޮމިޝަނުން “މަގޭ ވޯޓް  – މަގޭ ނަޒާހަތްތެރިކަން” މި ނަމުގައި ޚާއްޞަ ކެމްޕޭނެއް ފަށައިފިއެވެ. އިންތިޚާބުގެ ކަންކަމުގައި ހިންގާ ކޮރަޕްޝަނުގެ ޢަމަލުތަކަށް ޢާއްމުން ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި ފެށި މި ކެމްޕޭން އިފްތިތާޙު ކޮށްދެއްވީ އޭސީސީގެ ރައީސް ޙަސަން ލުޠުފީއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބާ ދިމާކޮށް ކޮރަޕްޝަންގެ ޢަމަލުތަކާމެދު މީހުން ހޭލުންތެރި ކުރުމަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި އެންމެ ބޮޑު އިސްކަމެއްދޭނީ ސޯޝަލް މީޑިއާގެ ވަޞީލަތްތައް ބޭނުންކޮށްގެން ޢާއްމުން ހޭލުންތެރި ކުރުމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި މި ކެމްޕޭން އިތުރަށް ފުޅާކޮށް އިންތިޚާބުދުވަސްވަރު މީގެ ކުރިން ޢާއްމުކޮށް ހުށަހެޅޭ ކޮރަޕްޝަންގެ ޢަމަލުތަކާމެދު ޢާއްމުން ހޭލުންތެރިކުރުމަށް ޓީވީ، އަދި ރޭޑިއޯ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށްވެސް އޭސީސީންވަނީ ނިންމާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×