ޖިނާއީ އިޖުރާއަތުގެ ޤާނޫނާގުޅޭ ރޯލްއައުޓް ޕްލޭންގެ މަސައްކަތް ކުރައްވާ ކޮންސަލްޓެންޓް އޭސީސީއާ ބައްދަލުކޮށްފި

01 Nov 2016

ޤާނޫނު ނަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމުގެ ކުރިން ކުރަންހުރި މަސައްކަތްތައް ފުރިހަމަކުރުމަށާއި ކަމާގުޅޭ އިދާރާތައް އެ ޤާނޫނަށް އަހުލުވެރިކުރުވުމަށާއި، އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެކުލަވާލުމަށް ހަމަޖެހިފައިވާ ރޯލް އައުޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބައިނަލްއަޤުވާމީ ކޮންސަލްޓެންޓް ވޭން ޖޯޑޭ ކިއު.ސީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް 01 ނޮވެމްބަރ 2016 ގައި ޒިޔާރަތްކޮށް ކޮމިޝަންގެ މެމްބަރުންނާއި ފަންނީ މުވައްޒަފުންނާ ވަނީ ބައްދަލު ކުރައްވާފައެވެ.

މިބައްދަލުވުމުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލު ކުރަން ފެށުމުން އޭސީސީގެ މަސައްކަތުގައި ކުރިމަތިވާނެކަމަށް ފާހަގަ ކުރެވޭ ގޮންޖެހުންތަކާއި، މި ޤާނޫނަށް އަމަލުކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން އޭސީސީގެ ފަރާތުންވަނީ މަޢުލޫމާތު ޙިއްޞާކޮށްފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×