UNCAC ގެ އިމްޕްލިމެންޓޭޝަން ރިވިއު ގުރޫޕުގެ ހަތްވަނަ ސެޝަނުގައި ރާއްޖެއިން ބައިވެރިވެއްޖެ

14 Nov 2016

 

ޔޫ.އެން.އޯ.ޑީ.ސީގެ ފަރާތުން އޮސްޓްރިއާގެ ވިއެއްނާގައި ކުރިއަށްގެންދާ ޔުނައިޓެޑް ނޭޝަންސް ކޮނެވެންޝަން އެގެއިންސްޓް ކޮރަޕްޝަން (UNCAC) ގެ އިމްޕްލިމެންޓޭޝަން ރިވިއު ގުރޫޕުގެ 7ވަނަ ސެޝަނުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރި ވެއްޖެއެވެ. 14-16 ނޮވެންބަރު 2016 ގެ ނިޔަލަށް ކުރިއަށްދާ މި ސެޝަންގައި ރާއްޖެ ތަމްސީލު ކުރައްވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ނައިބު ރައީސް މުޢައްވިޒު ރަޝީދު އާއި، ކޮމިޝަނުގެ މެމްބަރު ޞަފްވަތު މުޙައްމަދު އެވެ.

އުންކެކް ރިވިއު ގުރޫޕަކީ ޔުނައިޓެޑް ނޭޝަންސް ކޮނެވެންޝަން އެގެއިންސްޓް ކޮރަޕްޝަން (UNCAC) މުޢާހަދާ ތަންފީޒުކުރުމަށް އެކުލަވާލާފައިވާ ގުރޫޕެކެވެ. މި ސެޝަންގެ މައިގަނޑު މަޤުޞަދަކީ ކޮރަޕްޝަން ހުއްޓުވުމަށްޓަކައި މި ގުރޫޕުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކޮށް، ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، އެ މަސައްކަތް ކުރުމަށް އެންމެ ރަނގަޅު އުޞޫލުތައް ކަނޑައަޅާ މަޝްވަރާ ކުރުމެވެ. މީގެއިތުރުން، މިހާތަނަށް މި މުޢާހަދާ ތަންފީޒުކުރެވިފައިވާ ގޮތާއި، ކުރިއަށް އޮތްތާނގައި މުޢާހަދާ ތަންފީޒުކުރާނެ ގޮތާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×