އޭ.ސީ.ސީއިން ޔޫ.އެން.ޑީ.ޕީގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވްއާ ބައްދަލު ކުރައްވައިފި

17 Nov 2016

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ)ގެ ފަރާތުން ރާއްޖޭގައި ހުންނަވާ ރެސިޑެންޓް ރެޕްރެސެންޓެޓިވްއާ ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުމުމަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކާއި އޭ.ސީ.ސީއާ އޮންނަ ގުޅުން ބަދަހިކޮށް ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާބެހޭގޮތުން މަޝްވަރާކުރުމަށް އޭސީސީގެ ފަރާތުން އިސްނަގައިގެން ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި އެ.ސީ.ސީގެ މަސައްކަތް ރޭވިފައިވާގޮތާއި 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު އޭ.ސީ.ސީ އިން ޙާޞިލްކޮށްފައިވާ ކަންތައްތަކާއި އަދި 2017 ވަނަ އަހަރު ކޮމިޝަނުން ކުރިޔަށް ގެންދިޔުމަށް ރާވަމުންދާ ޙަރަކާތްތައް ހިމެނޭ ޕްރެސެންޓޭޝަނެއް ހުށަހެޅުނެވެ. މީގެ އިތުރުންވެސް، ނަޒާޙަތްތެރިކަން ކުރިއަރުވައި ކޮރަޕްޝަން ނައްތާލުމުގައި ދެ އިދާރާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި މެދު ދެފަރާތުން މަޝްވަރާކުރެވުނެވެ.

 

 



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×