ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އިން އިންތިޒާމްކޮށްގެން ބޭއްވި އެންޓި-ކޮރަޕްޝަން ފޯ ޕީސްފުލް އެންޑް އިންކްލޫސިވް ސޮސައިޓީސް އިން އޭޝިއާ ޕެސިފިކް ރީޖަން އިންސެޕްޝަން (އޭ.ސީ.ޕީ.އައި) ބައްދަލުވުމުގައި އޭ.ސީ.ސީ އިން ބައިވެރިވެއްޖެއެވެ. ބޭންކޮކްގެ ރީޖަނަލް އޮފީހުގައި 24- 25 ނޮވެންބަރު 2016 އަށް ބޭއްވުނު މި ބައްދަލުވުމުގައި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް އާއިއެކު ރާއްޖެ ތަމްޞީލްކޮށްފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިންނެވެ. މި ބައްދަލުވުމުގެ ބޭނުމަކީ އޭސީ.ޕީ.އައި ޕްރޮޖެކްޓްގެ ދަށުން އޭޝިއާ ޕެސިފިކް ރީޖަނުން ހޮވާލެވިފައިވާ ޤައުމުތަކާއި ވާދަކޮށް ޒުވާނުންނަށް ޙާއްސަކޮށްގެން “ސޯޝަލް އެކައުންޓެބިލިޓީ އިނީޝިއޭޓިވްސް އެންޑް އިނޮވޭޝަން” އާގުޅޭ ޕްރޮޖެކްޓް ކޮންސެޕްޓެއް ހުށަހެޅުމެވެ.
އޭ.ސީ.ޕީ.އައި ބައްދަލުވުމުގައި އޭ.ސީ.ސީ އިން ބައިވެރިވެއްޖެ
27 Nov 2016