“ބިތުފަންގި” ބުލެޓިން ގެ 04 ވަނަ ޢަދަދު ނެރެފި

12 Dec 2016

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުހިންމު މަސައްކަތްތައް ޢާންމުންނަށް ހާސާކުރުމަށާއި، ނަޒާހަތްތެރިކަމާއި ކޮރަޕްޝަނާ މެދު އާންމުން ހޭލުންތެރިކުރުމުގެ މަޤްސަދުގައި ކޮމިޝަނުން ނެރޭ “ބިތުފަންގި’ ބުލެޓިން ގެ ވޮލިޔުމް 1 ގެ 4 ވަނަ އަދަދު މިއަދު ނެރެފިއެވެ. މިއަދަދު ނެރެފައިވަނީ ، ޢާއްމުން ކޮރަޕްޝަނާމެދު ދެކޭގޮތުގެ 3 ވަނަ ސަރވޭ “ކޮރަޕްޝަނާމެދު ދެކޭގޮތް، ފުވައްމުލައް 2016” އާއްމުކުރުމަށް 12 ޑިސެންބަރު 2016 ވީ ހޯމަ ދުވަހު، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ޓްރޭނިންގ ހޯލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ބުލެޓިންގެ މި އަދަދު ނެރެދެއްވީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނައިބުރައީސް އަލްއުސްތާޛް މުޢައްވިޒު ރަޝީދެވެ.

މި ބުލެޓިންގައި، ކޮމިޝަނުން މިއަހަރުގެ ތިންވަނަ ކުއަރޓަރގެ ތެރޭގައި ބަލައި ނިންމި މައްސަލަތަކުގެ ތެރެއިން މައްސަލައެއްގެ ޚުލާޞާއެއް ހިމަނާފައިވެއެވެ. އަދި، މީގެ އިތުރުން، މިއަހަރުގެ ތިންވަނަ ކުއަރޓަރގެ ކޮމިޝަންގެ ތަފާސްހިސާބާއި، އޭސީސީގެ މުހިންމު ޚަބަރުތަކާއި، ނަޒާހަތްތެރި ފަރުދެއްގެ މަޢުލޫމާތު ހިމަނާފައިވެއެވެ. މި ބުލެޓިން ކޮމިޝަންގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުގައި ޝާޢިއުކުރެވިފައި ވާނެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×