އެންޓި-ކޮރަޕްޝަން ފޮޓޯ މުބާރާތުގެ މުއްދަތު އިތުރުކޮށްފި.

29 Dec 2016

 

ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހުޅުވާލި ފޮޓޯ މުބާރާތުގެ މުއްދަތު 1 ފެބުރުވަރީ 2017 އަށް އިތުރުކޮށްފިއެވެ. ވީހާވެސް ގިނަ ބަޔަކަށް މުބާރާތުގެ ބައިވެރިވުމުގެ ފުރުސަތު ދިނުމަށްޓަކައި ގެނެވުނު މި ބަދަލާއެކު މުބާރާތުގެ ސުންގަޑިތައް ތިރީގައިވާ ގޮތަށް މިހާރު ވަނީ ބަދަލު ކުރެވިފައެވެ.

އެންޓި ކޮރަޕްޝަން ފޮޓޯ މުބާރާތުގެ ގައިޑްލައިންގެ 8 ވަނަ މާއްދާއަށް ގެނެވުނު ބަދަލު:

8.       ސުންގަޑި

         ކޮމިޝަންގެ ފޭސްބުކް ޕޭޖަށް ފޮޓޯ އަޕްލޯޑް ކުރަން ފަށާނީ 3 ޑިސެންބަރު 2016 އިން ފެށިގެންނެވެ. އަދި ފޮޓޯ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 1 ފެބުރުވަރީ 2017 ވަނަދުވަހުގެ 14:00 އެވެ

 ޖަޖްކުރުމުގައި ބެލޭނީ 5 ފެބުރުވަރީ 2017 ގެ 14:00 އާ ހަމައަށް އެފޮޓޯއަކަށް ލައިކް ކޮށްފައިވާ މިންވަރަށާއި، ޝެއަރކޮށްފައިވާ މިންވަރަށެވެ. އަދި ފޮޓޯގައި ހިމެނޭ މީހުންގެ ޢަދަދަށެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×