އެންޓި-ކޮރަޕްޝަން ފޮޓޯ މުބާރާތް ކުރިއަށް ދަނީ

09 Jan 2017

ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހުޅުވާލި ފޮޓޯ މުބާރާތް ސޯޝަލް މީޑިއާގައި ކުރިއަށް އެބަ ގެންދެވެއެވެ. މުބާރާތަށް ފޮޓޯ ހުށަހެޅުމުގެ މުއްދަތު އިތުރު ކުރެވިފައިވުމާއެކު މުބާރާތަށް ފޮޓޯ ހުށަހެޅުން 01 ފެބްރުއަރީ 2017 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ކުރިއަށް ގެންދެވޭނެއެވެ.

ދެ ކެޓަގަރީއަކަށް އިނާމްގެ ގޮތުގައި ޖުމްލަ ވިހި ހާސް ރުފިޔާ ހުށަހެޅިފައިވާ މި މުބާރާތަށް މިހާތަނަށް ހުށަހެޅިފައިވާ ފޮޓޯތަކަށް ދެހާސް ނުވަސަތޭކައަށް ވުރެ ގިނަ ލައިކްސް ލިބިފާވާއިރު، ބާރަސަތޭކައަށްވުރެ ގިނަ ފަހަރު އެ ފޮޓޯތައް ޝެއަރ ކޮށްފައިވެއެވެ. މި މުބާރާތުގައި އިނާމު ލިބެނީ ކޮރަޕްޝަނާ ދެކޮޅު މެސެޖްތައް ހިފައިގެން އެންމެ ގިނަމީހުން ބައިވެރިވެގެން ނަގާފައިވާ ފޮޓޯއަށާއި އެންމެ ގިނަ ލައިކްސް އަދި ޝެއާ ލިބިފައިވާ ފޮޓޯއަށެވެ.

މި މުބާރާތަށް ފޮޓޯ ފޮނުއްވާނީ ކޮމިޝަނުގެ ފޭސްބުކް ޕޭޖަށް ނުވަތަ ކޮމިޝަނުގެ އީމެއިލް (awareness@acc.gov.mv) އަށެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×