އޭސީސީ އާއި އެމްއެފްއެލްސީ އާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

10 Jan 2017

މޯލްޑިވް ފައިނޭންސް ލީސިންގ ކޮމްޕެނީގެ ފަރާތުން ކުރިޔަށް ގެންދާ “ލައިފް ސްޓައިލް ލީސް ސްކީމް” ގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މުވައްޒަފުންނަށް ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން އޭސީސީ އާއި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއެފްއެލްސީ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށް ފިއެވެ. މިކަމަށްޓަކައި 08 ޖެނުއަރީ 2017 ގައި، އޭސީސީގައި ބޭއްވި ރަސްމިއްޔާތެއްގައި އޭސީސީގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަންގެ ރައީސް އަލްފާޟިލް ޙަސަން ލުތުފީއެވެ. އަދި އެމް އެފް އެލް ސީގެ ފާރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ ސީ އީ އޯ އަލްފާޟިލް މުޙައްމަދު ޣިޔާސްއެވެ. މި ރަސްމިއްޔާތުގައި އެމްއެފްއެލްސީގެ ފަރާތުން ތަޢާރަފްކޮށްފައި އެކި ސްކީމްތަކާބެހޭގޮތުން ކޮމިޝަންގެ މުވައްޒަފުންނަށްވަނީ މަޢުލޫމާތު ދީފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×