އެންޓި-ކޮރަޕްޝަން ކޮމިޝަން އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

15 Jan 2017

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ. މި ފަހުމްނާމާއަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަން އިން ދިވެހިރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށާއި ނަޒާހަތްތެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގައި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އިން ބައިވެރިވެ، ދެފާރާތުން ގުޅިގެން މަސައްކަތްކުރާނެ ގޮތްތައް ބަޔާންކޮށްވެވޭ ފަހުމުނާމާ އެކެވެ.

ފަހުމްނާމާގައި ސޮއިކުރުމަށް ސްޓެލްކޯގެ ބޯޑް މެންބަރުންގެ ޖަލްސާކުރާ މާލަމްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އޭ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އޭ.ސީ.ސީގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޢަބްދުއްޝަކޫރު ޞާލިޙް އެވެ.

މި ފަހުމުނާމާގައި އޭ.ސީ.ސީ އިން، ދިވެހިރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށާއި ނަޒާހަތްތެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ތައްޔާރުކުރާ އެކިއެކި ވީޑިއޯ ކްލިޕްސް އަދި އިސްތިހާރުތައް ސްޓެލްކޯގެ “މާޓީވީ” އަދި އެހެނިހެން އިސްތިހާރު ދައްކައިދެވިދާނެ ވަސީލަތްތައް މެދުވެރިކޮށް އިތުރު އަގެއް ނެގުމަކާ ނުލައި ސީ.އެސް.އާރު ގެ ދަށުން ދައްކައި ދިނުމަށާއި، ސްޓެލްކޯގެ މުވައްޒަފުން ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކޮށް، ނަޒާހަތްތެރިކަން ކުރިއެރުވުމަށް ހިންގުމަށް އެދޭ ވޯކްޝޮޕްތަކާއި އެހެނިހެން ހަރަކާތްތައް އިންތިޒާމްކޮށް ހިންގައިދިނުމަށާއި، ދިވެހިރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށާއި ނަޒާހަތްތެރިކަން ކުރިއެރުވުމަށް ދެ މުއައްސަސާއިން ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެފައިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×