2010ވަނަ އަހަރު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ އެސިސްޓެންޓް ރިސޯސް އޮފިސަރގެ މަޤާމަށް މީހަކު ހޯދުމުގައި ޢަމަލުކޮށްފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށްކަމަށް ބުނާ މައްސަލައާގުޅޭ،

25 Jan 2017

2010 ވަނަ އަހަރު، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން މުވައްޒަފުން ވަޒީފާއަށް ވެއްދުމުގައި ޢަމަލުކޮށްފައިވަނީ އެކަން ކުރުމަށް ކަނޑައަޅާފައިވާ ޤަވާޢިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ނޫންކަމަށާއި، މިގޮތުން އެސިސްޓެންޓް ރިސޯސަސް އޮފިސަރގެ މަޤާމަށް މީހަކު ހަމަޖެއްސުމަށް ސިވިލް ސާރވިސް ކޮމިޝަނަށް ފޮނުވުމަށް ތައްޔާރުކޮށްފައިވާ A2 ފޯމް ގައި ޕޮއިންޓްދީފައިވަނީ ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލާ ޚިލާފަށް، ވަޒީފާއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ މަޢުލޫމާތު ފޯމް ބަދަލުކޮށް ބައެއް ކެންޑިޑޭޓުންނަށް ޕޮއިންޓް ލިބެންޖެހޭ އަދަދަށްވުރެ މަދުންދީގެން ކަމަށާއި، އެހެންކަމުން މަޤާމްތަކަށް މީހުން ހޮވާ ވަޒީފާ ދީފައިވަނީ އެވަޒީފާއަށް އެންމެ އެކަށީގެންވާ ފަރާތަށް ނޫންކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ އަދި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ 2010ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް (ނަންބަރު: FIN-2012-02) ގައި ފާހަގަކޮށްފައިވާ މައްސަލަ މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤު ކުރުމަށްފަހު މައްސަލަ ނިންމިގޮތް ތިރީގައި މިވަނީއެވެ.

މިމައްސަލާގައި ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، 2010ވަނަ އަހަރު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން އެ އޮފީހުގެ ޕްލޭނިންގް އެންޑް ކޯޑިނޭޝަން ސެކްޝަނަށް އެސިސްޓަންޓް ރިސޯސަސް އޮފިސަރގެ މަޤާމަށް މީހަކު ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2008 ގެ 17 ވަނަ މާއްދާގެ ދަށުން ވަޒީފާއަށް އެންމެ އެކަށީގެންވާ މީހާ ހޮވުމަށް “ވަޒީފާއަށް ކުރިމަތިލާފައިވާ މީހުންގެ މަޢުލޫމާތޫ ފޯމް” (A2 ފޯމް) ފުރިހަމަ ކުރުމަށްފަހު ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅަހަޅާފައިވާ (A2 ފޯމް) ފޯމުގެ ތަޢުލީމީ ސްކޯގެ ބަޔަށް މާކްސް ދިނުމުގައި މައްސަލަތަކެއް ހުރި ނަމަވެސް، މިއީ ގަސްތުގައި ވަކި މީހަކަށް ވަޒީފާ ދިނުމަށް ކޮށްފައިވާ ކަމަކަށް ނުބެލެވޭތީއާއި، އެވަޒީފާ އަށް ހޮވުނު ފަރާތަކީ ދިވެހި ސިވިލް ސާރވިސްގެ ޤަވާޢިދު 2008 ގެ 4 ވަނަ ބައިގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަޒީފާގެ އަސާސީ ޝަރުޠު ހަމަވާ ފަރާތެއްކަމުގައިވާތީއާއި، އަދި އޭނާ ވަޒީފާއަށް ހޮވުމުގައި އޭނާގެ ތަޢުލީމީ ފެންވަރަށާއި، މަސައްކަތުގެ ހުނަރާއި ތަޖުރިބާއަށް ބަލާފައިވާތީއާއި، މިމައްސަލައިގައި، ވަކި މީހަކަށް ވަޒީފާ ދިނުމަށް ނުވަތަ ވަކި މީހަކަށް ވަޒީފާ ނުދިނުމަށް މަސައްކަތް ކޮށްފައިވާކަން މިކޮމިޝަންގެ ތަޙްޤީޤަށް ފާހަގަކުރެވިފައިނުވާތީ، އަދި އެ މަޤާމަށް މީހަކު ހަމަޖެއްސުމުގައި ވަކި ފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަން ސާބިތުކުރެވޭވަރަށް ހެއްކާއި ގަރީނާ ލިބިފައިނެތުމުން، ޤާނޫނު ނަންބަރު 13/2008، (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫން) ގެ 25ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި މައްސަލަ ނިންމީއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×