މި އަހަރުގެ 3 ވަނަ ކުއާޓަރގައި 168 މައްސަލަ ނިންމައިފި

16 Nov 2016

މި އަހަރުގެ 03 ވަނަ ކްއާޓަރގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން 168 މައްސަލަ ނިންމައިފިއެވެ. ތމީގެ ތެރެއިން 168 މައްސަލައަކީ 3 ވަނަ ކުއާޓަރގައި ނިންމާފައިވާ މައްސަލައެވެ. މީގެ ތެރެއިން ކޮމިޝަނުން ތަޙްޤީޤު ކުރުމަށް ފަހު 57 މައްސަލަ ނިންމާފައިވާއިރު އިވެލުއޭޝަން މަރުޙަލާއިން 111 މައްސަލައެއް ނިންމާފައިވެއެވެ. މިއަހަރުގެ 3 ވަނަ ކްއާޓަރގައި 168 މައްސަލަ ނިންމުމާއެކު މި އަހަރުގެ މިހާތަނަށް ނިންމި މައްސަލަތަކުގެ އަދަދު ވަނީ 573 އަށް އަރާފައެވެ.
މި އަހަރުގެ 3 ވަނަ ކުއާޓަރގައި ކޮމިޝަނުން ބަލާ ނިންމި މައްސަލަތަކުގެ ތެރެއިން ޝަރީޢަތަށް ހުށަހަޅަން ޖެހޭކަމަށް ކޮމިޝަނަށް ފެންނަ 2 މައްސަލައެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވާއިރު 2015 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޝަރީޢަތަށް ހުށަހެޅުމަށް 5 މައްސަލައެއް ޕްރޮސެކިއުޓަރ ޖެނެރަލް ގެ އޮފީހަށް ފޮނުވާފައިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×