ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ކޮމިއުނިކޭޝަންސް އޮތޯރިޓީގެ މުވައްޒަފުން 23 ޖަނަވަރީ 2017 ގައި ސޮއިކޮށްފިއެވެ. އެ އޮތޯރިޓީގައި ބޭއްވުނު ރަސްމިއްޔާތެއްގައި 31 މުވައްޒަފުން ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކޮށްފައިވެއެވެ.
ދައުލަތުގެ ހުރިހާ ފަންތިއެއްގެ މުވައްޒަފުންނަކީ ނަޒާހަތްތެރިކަން އިސްކުރާ ބަޔަކަށް ހެދުމަށް ބާރުއެޅުމަށާއި، ދިވެހި މުޖުތަމަޢަކީ ކޮރަޕްޝަނުން މިންޖުވެފައިވާ ނަޒާހަތްތެރި މުޖުތަމަޢަކަށް ހެދުމުގެ މަޤްޞަދުގައި ތަޢާރަފްކޮށްފައިވާ މިވަޢުދުގައި ސޮއިކުރުމުގެ ފުރުޞަތު ދައުލަތުގެ ހުރިހާ އިދާރާއަކަށްވަނީ ހުޅުވައިލެވިފައެވެ. އަދި މިކޮމިޝަނުން އިސްނެގުމުގެ މަތިން ދައުލަތުގެ ބައެއް އިދާރާތަކަށް ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރުމަށް ދަޢުވަތު ދިނުމަށްވެސް ހަމަޖެހިފައިވެއެވެ.