މެރިޓައިމް އެކެޑަމީ އޮފް މޯލްޑިވްސްގެ މުވައްޒަފުން ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކޮށްފި

08 Feb 2017

މެރިޓައިމް އެކެޑަމީ އޮފް މޯލްޑިވްސްގެ މުވައްޒަފުން 7 ފެބުރުވަރީ 2017 ގައި ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރައްވައިފިއެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ކޮންފަރެންސް ރޫމްގައި މިކަމަށް ބޭއްވުނު ރަސްމިއްޔާތެއްގައި އެ އެކެޑަމީގެ 8 މުވައްޒަފުން ވަޢުދުގައި ސޮއިކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެރިޓައަމް އެކެޑަމީ އޮފް މޯލްޑިވްސްގެ ސީއީއޯ ކެޕްޓަން ޢާދިލް ރަޝީދު ވިދާޅުވީ އެ އެކެޑަމީއަކީ ތަޢުލީމާއި ތަމްރީނު ދޭ މުއައްސަސާއަކަށްވާތީ އެންމެ މުހިއްމު ކަމަކީ އެކެޑަމީއިން ދޫކުރާ ކޮންމެ ސެޓިފިކެޓަކީ ޞައްޙަ ސެޓިފިކެޓެއްގެ ގޮތުގައި ހެދުމެވެ. އެހެންކަމުން މިކަމުގައި ނަޒާހަތްތެރިކަން އިސްކުރަންޖެހޭ ކަމަށާއި، މިއަދު ވަޢުދުގައި ސޮއި ކުރުމުގެ އެއް ބޭނުމަކީ އެކަން ހަނދާނުގައި ބަހައްޓައިގެން މަސައްކަތް ކުރުންކަމުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އޭސީސީގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނުގެ ރައީސް ޙަސަން ލުޠުފީވަނީ މެރިޓައިމް އެކެޑަމީ އޮފް މޯލްޑިވްސްއަކީ ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރުމަށް އަމިއްލަ ތަޢުލީމުދޭ އިދާރާއަކުން އިސްނެގި ފުރަތަމަ ފަރާތްކަން ފާހަގަ ކުރައްވާފައެވެ. އަދި މިކަން ފާހަގަކުރައްވާ އެ އެކެޑަމީއަށް މަރުޙަބާ ދަންނަވާ، ނަޒާހަތްތެރިކަމާއެކު މަސައްކަތް ކުރެއްވުމުގައި ދެމިތިބުމަށް އިލްތިމާސް ކުރެއްވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×