މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ތިޖޫރީ 30 ޖޫން 2011 ގައި ގުނިއިރު ތިޖޫރީން ނަގުދު -/2,946ރ (ދެހާސް ނުވަސަތޭކަ ސާޅިސް ހަޔެއް) ރުފިޔާ މަދުވާކަމަށް ބުނާ މައްސަލައާގުޅޭ

08 Feb 2017

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ތިޖޫރީ 30 ޖޫން 2011 ގައި ގުނިއިރު ތިޖޫރީން ނަގުދު -/2,946ރ (ދެހާސް ނުވަސަތޭކަ ސާޅިސް ހަޔެއް) ރުފިޔާ މަދުވާކަމަށާއި އަދި 2454.00 (ދެހާސް ހަތަރު ސަތޭކަ ފަންސާސް ހަތަރެއް) ރުފިޔާގެ ޗެކެއް މަދުވާކަމަށް ދައްކާފައިވަނިކޮށް އެޗެކް 03 ޖުލައި 2011 ގައި ފެނިފައިވީނަމަވެސް، ތިޖޫރީން މަދުވާ ނަގުދު -/2,946 ރުފިޔާ މަދުވަފައިވާނި ކީއްވެކަން 07 ޖުލައިގެ 2011ގެ ނިޔަލަށްވެސް މިނިސްޓްރީގެ ފަރާތުން ސާފްކޮށްދީފައިނުވާ ކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ އަދި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ 2010ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް (ނަންބަރު: FIN-2012-02) ގައި ފާހަގަކޮށްފައިވާ މައްސަލަ މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤު ކުރުމަށްފަހު މައްސަލަ ނިންމިގޮތް ތިރީގައި މިވަނީއެވެ.

މިމައްސަލައިގެ ތަހްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ތިޖޫރީ 30 ޖޫން 2010 ގައި އޮޑިޓަރުން ގުނިއިރު ތިޖޫރީން ނަގުދު -/2,946 (ދެހާސް ނުވަސަތޭކަ ސާޅިސް ހަޔެއް) ރުފިޔާ މަދުވެފައިވާކަމަށާއި، މި ފައިސާ މަދުވާ ސަބަބު 7 ޖުލައި 2011 ގެ ނިޔަލަށްވެސް މިނިސްޓްރީގެ ފަރާތުން އޮޑިޓަރުންނަށް ސާފުކޮށްދެވިފައިނުވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވީނަމަވެސް، އޮޑިޓަރުން ތިޖޫރީ ގުނުމަށްފަހު ދިޔަފަހުން، މިނިސްޓްރީގެ ބަޖެޓް ސެކްޝަންގައި އޭރު ތިބި 3 މުވައްޒަފަކަށް އެ ފައިސާ ފެނުނުކަން ތަޙްޤީޤަށް ފާހަގަކުރެވޭތީއާއި، އަދި އެފައިސާ ފެނުމުން އޮޑިޓަރުންނަށް އެކަން އެންގިކަމާއި، އެހެންނަމަވެސް ތިޖޫރީ ގުނިވަގުތު ފައިސާ ފެންނަން ނެތުމުން ފައިސާ ފެނުނުކަމަށް އެބޭފުޅުން ޤަބޫލުނުކުރާތީ އޮޑިޓް ރިޕޯޓްގައި އެވާހަކަ ފާހަގަކޮށްފައިވަނީކަމަށް ތަޙްޤީޤަށް އެނގޭތީއާއި، 26 ޑިސެމްބަރ 2011 ގައި މިނިސްޓްރީގެ އޭރުގެ ފައިނޭންސް އެގްޒެކެޓިވް ސޮއިކޮށްފައިވާ “މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ އޮޑިޓް ރިޕޯޓަށް މިނިސްޓްރީން ކުރާ ކޮމެންޓްސް” ގެ 8 ވަނަ ޕޮއިންޓްގައި ތިޖޫރީން މަދުވާކަމަށް އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައިވާ ފައިސާ ފަހުން ފެނިގެން ތިޖޫރީއަށް ލާފައިވާކަމަށް ބަޔާންކޮށްފައިވާތީ، މިމައްސަލައިގައި، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ބުނާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް މިކޮމިޝަންގެ ތަޙްޤީޤަށް ބެލެވެން ނެތުމުން، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި، މި މައްސަލަ ނިންމީއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×