2016 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށްޓަކައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދިޔަ ފޮޓޯ މުބާރާތުގައި ލައިކްސް އަދި ޝެއާގެ ނިސްބަތުން އެންމެ މަތިން ޕޮއިންޓް ހޯދާފައިވާ ފޮޓޯއަކީ އަފްތީމް އިބްރާހީމް (ކޯޑް: 115) ހުށަހަޅުއްވާފައިވާ ފޮޓޯއެވެ. އަދި އެންމެ ގިނަ މީހުން ބައިވެރިވެފައިވާ ފޮޓޯއަކީ އިބްރާހީމް ނަސީމް (ކޯޑް: 108) ހުށަހަޅުއްވާފައިވާ ފޮޓޯއެވެ.
ކޮރަޕްޝަނާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ޢާއްމުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ކޮރަޕްޝަންގެ ނޭދެވޭ އަސަރު ސޯޝަލް މީޑިއާގެ ޒަރިއްޔާއިން އާންމުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ބޭއްވުނު މި މުބާރާތުގެ ތީމްގެ ގޮތުގައި ހަމަޖައްސައިފައިވަނީ “މަވެސް ކޮރަޕްޝަނާ ދެކޮޅު”، “އަހަންނަކީ ނަޒާހަތްތެރިއެއް”، އަދި”ކޮރަޕްޝަނަށް ނޫނެކޭ ބުނަމާ” މި ޝިއާރު ތަކެވެ. މުބާރާތާ ގުޅިގެން ޝަކުވާއެއް އޮތް ނަމަ އެކަމެއް ތަފްޞީލާއެކު 15 ފެބުރުވަރީ 2017 ގެ ކުރީން ލިޔުމުން އޭސީސީއަށް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވިފައެވެ. 2 ކެޓަގެރީއިން ކޮންމެ ކެޓަގަރީއެއްގެ އިނާމެއްގެ ގޮތުގައި ދިހަހާސް ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ އިނާމުދިނުން ފަހުގެ ތާރީޚެއްގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.
އެންޓި-ކޮރަޕްޝަން ފޮޓޯ މުބާރާތުން ވަނަތައް ހާސިލްކުރި ފަރާތްތައް ހޮވައިފި
12 Feb 2017