އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އިންވެސްޓިގޭޝަން އޮފިސަރުންނަށް ޚާއްސަކޮށްގެން އިންވެސްޓިގޭޝަން ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް 09 ފެބުރުވަރީ 2017 ވީ ބުރާސްފަތި ދުވަހު ވަނީ ކޮމިޝަންގައި ބާއްވާފައެވެ. ކޮމިޝަންގެ 40 އިންވެސްޓިގޭޝަން އޮފިސަރުން ބައިވެރިވި މި ޓްރެއިނިންގ ޕްރޮގްރާމް ކުރިއަށް ގެންގޮސްދެއްވީ ކޮމިޝަންގެ ނައިބު ރައީސް އަލްއުސްތާޛު މުޢައްވިޒު ރަޝީދުއެވެ. މިޓްރޭނިން ޕްރޮގްރާމްގެ މަޤްސަދަކީ، އިންވެސްޓިގޭޓަރުންގެ ތަޙްޤީޤު ކުރުމުގެ ހުނަރު އިތުރުކުރުމެވެ. މި ޓްރޭނިންގ ޕްރޮގްރާމުގައި ތަޙްޤީޤަށް މީހުން ހާޒިރުކުރުމާއި އިންޓަވިއު ކުރުމާއި އަދި ކަމާބެހޭ ގަވާއިދުތަކާ އުސޫލުތަކަށް މުވައްޒަފުން އަހުލުވެރިކުރުމާ ބެހޭގޮތުން ތަމްރީނު ދެވުނެވެ.