ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުންނަށް ނަޒާހަތްތެރިކަން އިސްކުރުމާ ގުޅޭ ގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ. އެ ސްކޫލްގެ ގްރޭޑް 11 އަށް އަލަށްވަން ދަރިވަރުންނަށް އަމާޒުކޮށްގެން 3 ސެޝަންއަށް ބަހައިލެވިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ފެށިފައިވަނީ 27 ފެބުރުވަރީ 2017 ގައެވެ. މި ޕްރޮގްރާމްގައި ޖުމްލަ 186 ދަރިވަރުން ބައިވެރިވެފައިވެއެވެ.
މި ޕްރޮގްރާމްގައި ނަޒާހަތްތެރިކަމުގެ މާނައާއި، ކިޔެވުމުގައި ނަޒާހަތްތެރިކަން އިސްކުރުމުގެ މުހިންމުކަމުގެ އިތުރުން، ދަރިވަރުންގެ ސުލޫކާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާއި، ޤައުމީ ނަޒާހަތްތެރިކަމުގެ ނިޒާމާ ގުޅޭ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދެވުނެވެ.
ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި.
02 Mar 2017