އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

05 Feb 2017

2015 ވަނަ އަހަރު ނިމުނުއިރު އޭ.ސީ.ސީގައި 832 މައްސަލަ ރަޖިސްޓްރީ ކުރެވިފައިވާއިރު 2016 ވަނަ އަހަރު ނިމުނުއިރު ކޮމިޝަނުގައި 958 މައްސަލައެއްވަނީ ރަޖިސްޓްރީ ކުރެވިފައިވެއެވެ. މިއީ 2015 ވަނަ އަހަރު ރަޖިސްޓްރީކުރެވުނު މައްސަލަތަކާ އަޅާބަލާއިރު 15 އިންސައްތަ އިތުރު ޢަދަދެކެވެ.
ކޮމިޝަނުގައި ރަޖިސްޓްރީކުރެވުނު މައްސަލަތަކުގެ ތެރެއިން ކޮމިޝަނުން ދިރާސާކުރުމަށް ފަހު، 2016 ވަނަ އަހަރު ތަޙްޤީޤު ކުރުމަށް 764 މައްސަލައެއް ނިންމާފައިވާއިރު 2015 ވަނަ އަހަރު ތަޙްޤީޤު ކުރުމަށް ނިންމާފައިވަނީ 611 މައްސަލައެވެ.
މީގެ އިތުރުން، ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކުގެ ތެރެއިން ކޮމިޝަންގެ މެންޑޭޓަށް ނުފެތޭ މައްސަލަތައްދަނީ އެ މެންޑޭޓެއް އޮތް ދައުލަތުގެ އިދާރާއަކަށް ފޮނުވަމުންނެވެ. މިގޮތުން 2016 ވަނަ އަހަރު 63 މައްސަލައެއް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވާފައިވާއިރު 2015 ވަނަ އަހަރު ކޮމިޝަނުން އެހެނިހެން އިދާރާތަކަށް ފޮނުވާފައިވަނީ 47 މައްސަލައެވެ. އަދި، އެކަށީގެންވާ ވަރަށް މަޢުލޫމާތު ނެތިގެން މިއަހަރު 148 މައްސަލައެއް ނުބަލާ ދޫކޮށްލާފައިވާއިރު، 2015 ވަނަ އަހަރު 137 މައްސަލަ ވަނީ ނުބަލާ ދޫކޮށްލާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×