ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް އޭސީސީގައި ފާހަގަ ކޮށްފި

08 Mar 2017

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ކުލަގަދަކޮށް ފާހަގަ ކޮށްފިއެވެ. ކޮމިޝަންގެ އަންހެން މުވައްޒަފުންނަށް މިއަދު ހެނދުނު އޭސީސީގެ ފަރާތުން ކިޔާފައިވަނީ ރަތް ދޫލައިގެ މަރްޙަބާއެކެވެ. ކޮމިޝަންގެ އަންހެން މުވައްޒަފުންނަށް ހެނދުނު އޮފީހުން އިސްތިޤްބާލްކުރީ ކޮމިޝަންގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއާއި ކޮމިޝަންގެ މެމްބަރުންނާއި ހުރިހާ ފިރިހެން މުވައްޒަފުންނެވެ. އަދި ކޮންމެ އަންހެން މުވައްޒަފަކަށްވަނީ ފިނިފެންމަލެއް ހަދިޔާކޮށްފައެވެ.

ދުވަހާގުޅޭގޮތުން އޭސީސީގައި ބޭއްވި ޙަފްލާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ އާމިނަތު ޒެނީޝާ ޝަހީދު ޒަކީއެވެ. މިއަދު ޙަފްލާގައި އޭސީސީގެ އަންހެން މުވައްޒަފުންގެ ފަރާތުން ޚާއްޞަ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހެޅުމުގެ އިތުރުން ކޮމިޝަންގެ މެމްބަރ އާމިނަތު މިންނާ ވާހަކަފުޅު ދެއްކެވިއެވެ. އަދި އޭސީސީގެ ހުރިހާ ފިރިހެން މުވައްޒަފުންވަނީ މިއަދުގެ ހަފްލާގައި އަންހެން ކަނބަލުންގެ ޙައްޤުތައް ހިމާޔަތް ކުރުމަށް ވަޢުދެއްވެފައެވެ. އަދި ދުވަހާގުޅޭގޮތުން ތައްޔާރުކުރި ކޭކު ފަޅުއްވާދެއްވީ ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×